| |
ENG PHONE: 300 0655

ގުޅުއްވުމަށް

މިއޮފީހާ ގުޅޭނެ ޢާންމު ނަންބަރުތައް ތިރީގައި އެވަނީއެވެ.

+960 3000655

+960 3000644

ހ.ވެލާނާގެ، 12 ވަނަ ފަންގިފިލާ، އަމީރު އަހުމަދު މަގު، މާލެ 20096، ދިވެހިރާއްޖެ

ކުށުގެ ރެކޯޑު، ޕީޖީ އޮފީހުގެ އޮންލައިން ޚިދުމަތްތަކުގެ ތެރެއިން ހޯއްދަވަން ބޭނުންފުޅުނަމަ،https://online.pgo.mv އަށް، އީފާސް މެދުވެރިކޮށް ލޮގް އިން ކުރެއްވުމަށްފަހު، މެނޫއިން ކުށުގެ ރެކޯޑު ސާފުކުރުމުގެ ބައި ނަންގަވައިފައި ފޮނުއްވައިފިނަމަ، ގިނަވެގެން، މަސައްކަތު އެއް ދުވަހުގެ ތެރޭގައި، ރެކޯޑު ސާފުކުރުމަށްފަހު، އެ ޕޯޓަލުން ޖަވާބު ޑައުންލޯޑް ކުރެއްވޭގޮތަށް ހަމަޖައްސައިދޭނަމެވެ. މިޚިދުމަތް، އީފާސް މޯބައިލް އެޕުންވެސް ލިބިވަޑައިގަންނަވާނެއެވެ.


ކުށުގެ ރެކޯޑު، އީމެއިލުގެ ޛަރީޢާއިން ސާފުކުރައްވަން ބޭނުންފުޅުނަމަ، [email protected] އަށް ފޮނުއްވުމުން، ގިނަވެގެން 2 (ދޭއް) މަސައްކަތު ދުވަހުގެ ތެރޭގައި ރެކޯޑު ސާފުކުރުމަށްފަހު، ޖަވާބު އީމެއިލްކުރާނަމެވެ.

މިއޮފީހަށް އެކި ކަންކަމުގައި ލިޔުއްވުމަށް، މީގެ ކުރިން މި ވެބްސައިޓުގައި އޮތް 'ކޮންޓެކްޓް އަސް' ފޯމު މިހާރު އުވާލައިފީމެވެ. އެފޯމު އުވައިލީ، އެފޯމުގެ ބަދަލުގައި، މިއޮފީހުގެ އޮންލައިން ޕޯޓަލް https://online.pgo.mv މެދުވެރިކޮށް، އީފާސްއިން ވެރިފައި ކުރެވޭ ގޮތަށް، ރައްކާތެރިކަމާއި އިތުބާރާއެކު ސިޓީބިޓީ ފޮނުވޭނޭ އިންތިޒާމު ހަމަޖެހިފައިވާތީއެވެ. އެގޮތަށް ހުށަހަޅާ ސިޓީތަކަށް، ކުރިއަށްވުރެ މާ އަވަހަށް ޖަވާބު ލިބޭނޭ ގޮތްވެސް ހަމަޖައްސާފައިވާނެއެވެ. އީފާސް ބޭނުންފުޅު ނުކުރައްވާ ބޭފުޅުންނަށް، މިއޮފީހުގެ ރަސްމީ ކައުންޓަރަށް ނުވަތަ އީމެއިލް [email protected] މެދުވެރިކޮށްވެސް ސިޓީބިޓީ ފޮނުއްވޭނެއެވެ.