ޚަބަރު

ޖަޕާނުގެ ސަފީރާ ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވައިފި

28/02/2017

ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މރ. ކަޒޫމީ އެންޑޯ އާ ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ޖަޕާން އެމްބަސީގައެވެ. މިބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ޕްރޮސިކިއުޝަން ދާއިރާއަށް ބޭނުންވާ ތަމްރީންތަކާ ގުޅޭގޮތުންނާއި ދެޤައުމުގެ ދެމެދުގައި ޕްރޮސިކިއުޝަންގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.