ޚަބަރު

ޕްރޮސިކިއުޓަރ ޖެނެރަލް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގެންފި

01/05/2017

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޗައިނާގެ ބެއިޖިންގއަށް ފުރާވަޑައިގެންފިއެވެ. ޕްރޮސިކިއުޓަރގެ މި ދަތުރުފުޅުގައި ޕްރޮސިކިއުޝަން ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ދެޤައުމުގެ ދެމެދުގައި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގއެއްގައި ސޮއިކުރައްވާނެއެވެ. އަދި މީގެ އިތުރުން، ޕްރޮސިކިއުޓަ ޖެނެރަލްގެ މި ދަތުރުފުޅުގައި ސުޕްރީމް ޕީޕަލްސް ކޯޓުގެ ފަރސްޓް ވައިސް ޕްރެޒިޑެންޓާ ބައްދަލުކުރެއްވުމާއި، ނޭޝަނަލް ޕްރޮސިކިއުޓަރސް ކޮލެޖަށް ޒިޔާރަތްކުރެއްވުމާއި، ޝަންގހާއި މުނިސިޕަލްޓީގެ ޕީޕަލްސް ޕްރޮކިއުރޮޓަރޭޓްގެ ލީޑަރުންނާ ބައްދަލުކުރެއްވުމާއި، ބެއިޖިންގ މުނިސިޕަލްޓީގެ ޑޮންޝެން ޑިސްޓްރިކްޓްގެ ޕީޕަލްސް ޕްރޮކިއުރޮޓަރޭޓްގެ ލީޑަރުންނާ ބައްދަލުކުރައްވާނެއެވެ.