ޚަބަރު

ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ އެމްބެސެޑަރ ޕްރޮސިކިއުޓަރ ޖެނެރަލްއާ ބައްދަލުކުރައްވައިފި

30/07/2017

ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ އެމްބެސެޑަރ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަސޯކާ ތޮރަޑެނިޔަ ޔޫއެސްޕީ ޕްރޮސިކިއުޓަރ ޖެނެރަލާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ ދަށުން ދެޤައުމުން ހުށަހަޅާފައިވާ ރިކުއެސްޓްތަކުގެ ދަށުން މަޢުލޫމާތު ފޯރުކޮށްދިނުން އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން، ދިވެހިރާއްޖޭގެ ޕްރޮސިކިއުޓަރުން ސްރީލަންކާގައި ތަމްރީންވުމުގެ ފުރުޞަތު ހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައެވެ.