ޚަބަރު

ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް މުވައްޒަފުން ޗައިނާއަށް ފުރައިފި

29/08/2017

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 20 މުވައްޒަފަކު ޗައިނާގެ ކުންމިންގ އަށް 2017 އޮގަސްޓު މަހުގެ 26 ވަނަ ދުވަހު ފުރައިފިއެވެ. މިމުވައްޒަފުން ކުންމިންގ އަށް ގޮސްފައިމިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ޗައިނާގެ ކުންމިންގގައި ކުރިއަށްދާ ޓްރެއިނިންގ ޕްރޮގްރާމެއްގައި ބައިވެރިވުމަށެވެ. މިމުވައްޒަފުންގެ ތެރޭގައި ހިމެނެނީ 15 ޕްރޮސިކިއުޓަރަކާއި 5 އިދާރީ މުވައްޒަފެކެވެ. މިއީ 2017 މޭ 2 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޮޓަރޭޓް އޮފީހާ ދެމެދު ސޮއިކުރެވުނު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގގެ ދަށުން ހަމަޖެހުނު ޓްރެއިނިންގ ޕްރޮގްރާމްގެ ފުރަތަމަ ބެޗެވެ. މިޓްރެއިނިންގ ޕްރޮގްރާމް ނިންމައި މުވައްޒަފުން އެނބުރި އައުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 3 ވަނަ ދުވަހުއެވެ.