މައްސަލައިގެ ތަފްސީލް
ކުރެވުނު ދަޢުވާ
ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު: 002-701832-7701 އެކައުންޓުގެ ނަންބަރު: 000247 ޗެކުން 13 އޮކްޓޫބަރު 2015 ދުވަހު މީނާގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައި އޮންނަ ނަންބަރު: 200 10002200 01 9901 ޔޫއެސް ޑޮލަރ އެކައުންޓަށް ޖަމާކޮށްފައިވާ 500000 (ފަސްލައްކަ) އެމެރިކާ ޑޮލަރާއި، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު: 002-701832-7701 އެކައުންޓުގެ ނަންބަރު: 000248 ޗެކުން 15 އޮކްޓޫބަރު 2015 ދުވަހު މީނާގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައި އޮންނަ ނަންބަރު: 200 10002200 01 9901 ޔޫއެސް ޑޮލަރ އެކައުންޓަށް ޖަމާކޮށްފައިވާ 500000 (ފަސްލައްކަ) އެމެރިކާ ޑޮލަރަކީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ގިނަ ޢަދަދެއްގެ ފައިސާކަން އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތުގައި އެފައިސާއިން މަންފާ ހޯދުމަށްޓަކައި މީނާގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައި އޮންނަ ނަންބަރު: 000 00022002 31 9010 ސޭވިންގ އިންވެސްޓްމަންޓް އެކައުންޓަށް ޓްރާންސްފަރކޮށް އަދި އެފައިސާއިން މަންފާ ހޯދުމުގެ ނިޔަތުގައި އެއެކައުންޓުން މީނާގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައި އޮންނަ ނަންބަރު: 000 00022002 51 9011 ޖެނެރަލް އިންވެސްޓްމަންޓް ޕްލަސް އެކައުންޓަށް އެފައިސާ ޓްރާންސްފަރކޮށް 36 (ތިރީސްހައެއް) މަސްދުވަހުގެ މުއްދަތަށް އެފައިސާ އިންވެސްޓްކޮށްފައިވާތީއާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ ފައިސާ، މައްސަލަ ނިމެންދެން އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެ، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު: 002-701832-7701 އެކައުންޓުން މީނާގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައި އޮންނަ ނަންބަރު: 200 10002200 01 9901 ޔޫއެސް ޑޮލަރ އެކައުންޓަށް ޖަމާކޮށްފައިވާ 1000000 (އެއްމިލިއަން) އެމެރިކާ ޑޮލަރުގެ އަސްލު އޮޅުވާލައި، މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު: 102-108741-7701 އެކައުންޓުން 1000000 (އެއްމިލިއަން) އެމެރިކާ ޑޮލަރު ޓްރާންސްފަރކޮށްފައިވާތީ.
ޢާއިޝަތު ޢާޒިމާ ޝަކޫރު
އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު: 002-701832-7701 އެކައުންޓުގެ ނަންބަރު: 000247 ޗެކުން 13 އޮކްޓޫބަރު 2015 ދުވަހު ކ.މާލެ/ މއ.ކާމިނީހުޅަގުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައި އޮންނަ ނަންބަރު: 200 10002200 01 9901 ޔޫއެސް ޑޮލަރ އެކައުންޓަށް ޖަމާކޮށްފައިވާ 500000 (ފަސްލައްކަ) އެމެރިކާ ޑޮލަރާއި، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު: 002-701832-7701 އެކައުންޓުގެ ނަންބަރު: 000248 ޗެކުން 15 އޮކްޓޫބަރު 2015 ދުވަހު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައި އޮންނަ ނަންބަރު: 200 10002200 01 9901 ޔޫއެސް ޑޮލަރ އެކައުންޓަށް ޖަމާކޮށްފައިވާ 500000 (ފަސްލައްކަ) އެމެރިކާ ޑޮލަރަކީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ގިނަ ޢަދަދެއްގެ ފައިސާކަމަށް ޝައްކުކުރެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ ފައިސާ، މައްސަލަ ނިމެންދެން އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެފައިވާ ގޮތާ ޚިލާފަށް ޖަމާކޮށްފައިވާއިރު، އެއްބަސްވުމާ އެއްގޮތަށް އެފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ބުނެ ޢާއިޝަތު ޢާޒިމާ ޝަކޫރު، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަޤާމުގައި ހުރެ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު: 1-LA/2018/437 (13 ޖޫން 2018) ނޯޓުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތު ދީފައިވާތީ.
އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު: 002-701832-7701 އެކައުންޓުގެ ނަންބަރު: 000247 ޗެކުން 13 އޮކްޓޫބަރު 2015 ދުވަހު ކ.މާލެ/ މއ.ކާމިނީހުޅަގުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައި އޮންނަ ނަންބަރު: 200 10002200 01 9901 ޔޫއެސް ޑޮލަރ އެކައުންޓަށް ޖަމާކޮށްފައިވާ 500000 (ފަސްލައްކަ) އެމެރިކާ ޑޮލަރާއި، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު: 002-701832-7701 އެކައުންޓުގެ ނަންބަރު: 000248 ޗެކުން 15 އޮކްޓޫބަރު 2015 ދުވަހު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައި އޮންނަ ނަންބަރު: 200 10002200 01 9901 ޔޫއެސް ޑޮލަރ އެކައުންޓަށް ޖަމާކޮށްފައިވާ 500000 (ފަސްލައްކަ) އެމެރިކާ ޑޮލަރަކީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ގިނަ ޢަދަދެއްގެ ފައިސާކަން އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތުގައި އެފައިސާއިން މަންފާ ހޯދުމަށްޓަކައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައި އޮންނަ ނަންބަރު: 000 00022002 31 9010 ސޭވިންގ އިންވެސްޓްމަންޓް އެކައުންޓަށް ޓްރާންސްފަރކޮށް އަދި އެފައިސާއިން މަންފާ ހޯދުމުގެ ނިޔަތުގައި އެއެކައުންޓުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައި އޮންނަ ނަންބަރު: 000 00022002 51 9011 ޖެނެރަލް އިންވެސްޓްމަންޓް ޕްލަސް އެކައުންޓަށް އެފައިސާ ޓްރާންސްފަރކޮށް 36 (ތިރީސްހައެއް) މަސްދުވަހުގެ މުއްދަތަށް އެފައިސާ އިންވެސްޓްކޮށްފައިވާ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް ޢާއިޝަތު ޢާޒިމާ ޝަކޫރު ހުރިއިރު، އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ ފައިސާ، މައްސަލަ ނިމެންދެން އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ލަފާދީފައިވާތީއާއި، އެފައިސާ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެއްބަސްވެ، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު: 002-701832-7701 އެކައުންޓުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައި އޮންނަ ނަންބަރު: 200 10002200 01 9901 ޔޫއެސް ޑޮލަރ އެކައުންޓަށް ޖަމާކޮށްފައިވާ 1000000 (އެއްމިލިއަން) އެމެރިކާ ޑޮލަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު: 102-108741-7701 އެކައުންޓުން 1000000 (އެއްމިލިއަން) އެމެރިކާ ޑޮލަރު އެސްކްރޯ އެކައުންޓުގައި ބެހެއްޓުމަށް އެއްބަސްވެފައިވާ ގޮތާ ޚިލާފަށް ޖަމާކޮށްފައިވާއިރު، އެއްބަސްވުމާ އެއްގޮތަށް އެފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދީފައިވާތީއާއި، އެސްކްރޯ އެކައުންޓް ހުޅުވިފަހުން އެސްކްރޯ އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތަށް ބޭންކުން ޢަމަލުކުރާނެކަން ބަޔާންކޮށް ސިޓީއެއް ހޯދުމުގައާއި އެސިޓީ ވަކިގޮތަކަށް ބޭންކުން ދޫކުރުމުގައި މީނާގެ ބައިވެރިވުން އޮތްކަން އެނގޭތީއާއި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައި އޮންނަ ނަންބަރު: 200 10002200 01 9901 އެކައުންޓަށް އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޖަމާކޮށްފައިވާ 1000000 (އެއްމިލިއަން) އެމެރިކާ ޑޮލަރުގެ އަސްލު އޮޅުވާލުމަށް މަގުފަހިކޮށްދީފައިވާތީ.