މުޙައްމަދު އަމީން، ޓެރަރިސްޓް ޙަރަކާތްތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަ

މައްސަލައިގެ ތަފްސީލް

މައްސަލަ ބަލައިގަތް ތާރީޚް:
01/12/2019 15:05
މައްސަލައިގެ ބާވަތް:
ޓެރަރިޒަމްގެ މައްސަލަތައް
މައްސަލައިގެ ޚުލާސާ:
ޏ.ފުވައްމުލައް / މާދަޑު. ކަރިއްޔާވިލާ، މުޙައްމަދު އަމީން ގިނަދުވަސްތަކެއް ވަންދެން ފުޅާދާއިރާއެއްގައި މީނާ ގެންގުޅޭ ދީނީ ހަރުކަށި ފިކުރު ދިވެހިރާއްޖޭގައި ފެތުރުމަށް މަސައްކަތްކޮށް، ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން މީހުން ރެކްރޫޓްކޮށް، ހަނގުރާމައަށް މީހުން ފޮނުވާ އެކަމަށް އެހީތެރިވެ ވާގިވެރިވާކަމަށް ތުހުމަތު ކުރެވޭތީ އާއި ، އަދި ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯރޓް ދިނުމާއިި، ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ އިސްފަރާތްތަކާއި ވަރަށް ގާތް ގުޅުމެއް ބާއްވާ، އެފަދަ ޖަމާޢަތްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ

ކުރެވުނު ދަޢުވާ

މުޙައްމަދު އަމީން

620/Cr-C/2021 - ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުން
ޤާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން.
ދަޢުވާ ކުރާ ސަބަބު:

މުޙައްމަދު އަމީން، 21 އޮކްޓޫބަރު 2018 ދުވަހުގެ ވަގުތެއްގައި، ކ.މާލެ، ހ.މޫންލައިޓްވެލީ، ޢަލީ ޝާފިޢު އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުން އަންނަ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ހުރަސާންގެ ދިވެހިރާއްޖޭގެ ސެލްގެ ވެރިއެއްގެ ގޮތުގައި އަފްޣާނިސްތާނަށް ފޮނުވާފައިވާތީއާއި، އިސްލާމިކް ސްޓޭޓްގެ ދިވެހިރާއްޖޭގައި ހުންނަ ލީޑަރުގެ ގޮތުގައި ޙަރަކާތްތެރިވެ، ދީނީ ވަކި ފިކުރެއް ކުރިއަރުވަން މަސައްކަތްކޮށް، ދިވެހީންގެ ތެރެއިން މީނާ ރެކްރޫޓްކުރާ މީހުން އިސްލާމިކް ސްޓޭޓް ހުރަސާންގައި ޤާއިމްވުމުން އިތުރު ދިވެހިން އެ ޤައުމަށް ހަނގުރާމަކުރުމަށް ފޮނުވުމަށް މީނާ ރާވާފައިވާތީ.

އަސާސީ އަދަބު:
10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން
ހުކުމް:
ސާބިތުވި

10 (ދިހައެއް) އަހަރުގެ މުއްދަތަށް ޖަލަށްލުމަށް

621/Cr-C/2021 - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން
ޤާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 3 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަަރާއި އެޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން.
ދަޢުވާ ކުރާ ސަބަބު:

މުޙައްމަދު އަމީން، ތަފާތު އެކި ދުވަސް މަތިން ސިރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިވެހިން ރެކްރޫޓްކޮށް އެމީހުން ސީރިޔާއަށް ފޮނުވާފައިވާތީއާއި، ސީރިޔާގައި ހިނގަމުންދިޔާ ދާޚިލީ ހަނގުރާމަ ނިމުމަކަށް އައުމާ ގުޅިގެން އަފްޣާނިސްތާނުގެ ހުރަސާން ޕްރޮވިންސްގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ހުރަސާން (އައިއެސްކޭޕީ) އަށް ދިވެހިން ރެކްރޫޓްކުރުމަށް ރާވައި، 21 އޮކްޓޫބަރު 2018 ދުވަހުގެ ވަގުތެއްގައި، ކ.މާލެ، ހ.މޫންލައިޓްވެލީ، ޢަލީ ޝާފިޢު އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުން އަންނަ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ހުރަސާންގެ ދިވެހިރާއްޖޭގެ ސެލްގެ ވެރިއެއްގެ ގޮތުގައި އަފްޣާނިސްތާނަށް ފޮނުވާފައިވާތީއާއި، ދިވެހިރާއްޖޭގެ އިސްލާމިކް ސްޓޭޓްގެ ދިވެހިރާއްޖޭގައި ހުންނަ ލީޑަރުގެ ގޮތުގައި ޙަރަކާތްތެރިވެ، ދީނީ ވަކި ފިކުރެއް ކުރިއަރުވަން މަސައްކަތްކޮށް، ދިވެހީންގެ ތެރެއިން މީނާ ރެކްރޫޓްކުރާ މީހުން، އިސްލާމިކް ސްޓޭޓް ހުރަސާންގައި ޤާއިމްވުމުން އިތުރު ދިވެހިން އެ ޤައުމަށް ހަނގުރާމަކުރުމަށް ފޮނުވުމަށް ރާވާފައިވާތީ.

އަސާސީ އަދަބު:
17 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން
ހުކުމް:
ސާބިތުވި

17 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށް، ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މީނާ ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހު، މި ކުށުން ތަންފީޒުކުރަންޖެހޭނީ 13 އަހަރާއި 9 ދުވަސް ކަމަށް

ކޯޓުގެ އަޑުއެހުންތައް

ބޭއްވުނު (64)
ކެންސަލްކުރެވުނު (28)
1931/2019/CRC/634 (92 އަޑުއެހުން)
08/11/2023 11:00 - މައްސަލަ ސާބިތުވާނަމަ އަދަބާބެހޭގޮތުން ވާހަކަދެއްކުމާއި ހުކުމްކުރުން
621/Cr-C/2021 - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން
ކުރިއަށްދިޔަ ކަންތައް:
ޙުކުމްކުރުން
08/11/2023 11:00 - މައްސަލަ ސާބިތުވާނަމަ އަދަބާބެހޭގޮތުން ވާހަކަދެއްކުމާއި ހުކުމްކުރުން
620/Cr-C/2021 - ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުން
ކުރިއަށްދިޔަ ކަންތައް:
ޙުކުމްކުރުން
25/10/2023 13:00 - މައްސަލަ ސާބިތުވާނަމަ އަދަބާބެހޭގޮތުން ވާހަކަދެއްކުމާއި ހުކުމްކުރުން
621/Cr-C/2021 - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން
25/10/2023 13:00 - މައްސަލަ ސާބިތުވާނަމަ އަދަބާބެހޭގޮތުން ވާހަކަދެއްކުމާއި ހުކުމްކުރުން
620/Cr-C/2021 - ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުން
12/09/2023 11:00 - އަދަބާމެދު ވާހަކަ ދެއްކުން
621/Cr-C/2021 - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން
12/09/2023 11:00 - އަދަބާމެދު ވާހަކަ ދެއްކުން
620/Cr-C/2021 - ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުން
30/08/2023 10:00 - އަދަބާމެދު ވާހަކަ ދެއްކުން
621/Cr-C/2021 - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން
30/08/2023 10:00 - އަދަބާމެދު ވާހަކަ ދެއްކުން
620/Cr-C/2021 - ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުން
07/08/2023 10:00 - ޚުލާސާ ބަޔާން
621/Cr-C/2021 - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން
ކުރިއަށްދިޔަ ކަންތައް:
ޚުލާސާ ބަޔާން
ކުރިއަށް އޮތީ:
ޙުކުމްކުރުން
07/08/2023 10:00 - ޚުލާސާ ބަޔާން
620/Cr-C/2021 - ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުން
ކުރިއަށްދިޔަ ކަންތައް:
ޚުލާސާ ބަޔާން
ކުރިއަށް އޮތީ:
ޙުކުމްކުރުން