ރައީސް ޔާމީންއާއި އިތުރު ބައެއްގެ މައްޗަށް ދަޢުވާކޮށްފައިވާ މައްސަލަ - ރ. ފުއްގިރި

މައްސަލައިގެ ތަފްސީލް

މައްސަލަ ބަލައިގަތް ތާރީޚް:
28/06/2020 06:26
މައްސަލައިގެ ބާވަތް:
ރިޝްވަތު ދިނުމާއި ލިބިގަތުމުގެ މައްސަލަތައް
މައްސަލައިގެ ޚުލާސާ:
މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާލަމާތުގެ ތެރެއިން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1118000$ (އެއްމިލިއަން އެއްލައްކަ އަށާރަހާސް ޔޫއެސް ޑޮލަރު) ނަގައި އެފައިސާ އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުންކޮށްގެން ލޯންޑަރ ކޮށްފައިވާ މައްސަލަ.

ކުރެވުނު ދަޢުވާ

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

410/Cr-C/2020 - ރިޝްވަތު ޤަބޫލުކުރުން
ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ބ) ގެ ދަށުންނާއި، ޤާނޫނު ނަންބަރު: 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ ދަށުން.
ދަޢުވާ ކުރާ ސަބަބު:

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރެ، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ދިވެހިރާއްޖޭގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތްތަކަށް ނުފޫޒު ފޯރުވައި، މިގޮތުން 09 ސެޕްޓެންބަރު 2015 ދުވަހު ރ.ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑްއަށް ކުއްޔަށް ދިނުމުގެ މުޢާމަލާތާ ގުޅިގެން، ކ.މާލެ، މއ.ކުރިކީލަހިޔާ، އަޙްމަދު ކްރިކް ރިޟާ މެދުވެރިކޮށް 01 ސެޕްޓެންބަރު 2015 ދުވަހު US$624,950.00 (ހަލައްކަ ސައުވީސް ހާސް ނުވަ ސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) އާއި 09 ސެޕްޓެންބަރު 2015 ދުވަހު US$724,935.00 (ހަތް ލައްކަ ސައުވީސްހާސް ނުވަ ސަތޭކަ ތިރީސް ފަސް އެމެރިކާ ޑޮލަރު) ރިޝްވަތުގެ ގޮތުގައި ޤަބޫލުކޮށް، މިފައިސާގެ ތެރެއިން US$1,117,000.00 (އެއްމިލިއަން އެއްލައްކަ ސަތާރަ ހާސް އެމެރިކާ ޑޮލަރު) ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: C-0640/2005) އާއި ސަން އިންވެންސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: C-0112/1997) މެދުވެރިކޮށް، 07 ޖޫން 2016 ދުވަހު މީނާގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ނަންބަރު: 9901-01-10002200-200 އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ޤަބޫލުކޮށްފައިވާތީއާއި، މީނާ ރިޝްވަތުގެ ގޮތުގައި ބަލައިގަނެފައިވާ US$1,118,000.00 (އެއްމިލިއަން އެއްލައްކަ އަށާރަހާސް އެމެރިކާ ޑޮލަރު) އާއި މީނާގެ މިލްކިއްޔާތުގައި ހުރި މީނާގެ އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދެއްވުން އެދި.

އަސާސީ އަދަބު:
3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން
11/Cr-C/2025 - މަނީ ލޯންޑްރިންގ
ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި، 5 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، 62 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 6 ވަނަ ނަންބަރުގެ ދަށުން.
ދަޢުވާ ކުރާ ސަބަބު:

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރެ، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި، 9 ސެޕްޓެންބަރު 2015 ދުވަހު ރ.ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑްއަށް ކުއްޔަށް ދޫކުރި މުޢާމަލާތާ ގުޅިގެން ކ.މާލެ، މއ.ކުރިކީލަހިޔާ، އަޙްމަދު ކްރިކް ރިޟާ މެދުވެރިކޮށް 01 ސެޕްޓެންބަރު 2015 ދުވަހު US$624,950.00 (ހަލައްކަ ސައުވީސް ހާސް ނުވަ ސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) އާއި 09 ސެޕްޓެންބަރު 2015 ދުވަހު US$724,935.00 (ހަތް ލައްކަ ސައުވީސްހާސް ނުވަ ސަތޭކަ ތިރީސް ފަސް އެމެރިކާ ޑޮލަރު) ރިޝްވަތުގެ ގޮތުގައި ޤަބޫލުކޮށް، މީނާގެ އެންގުމަށް، މި ފައިސާގެ ތެރެއިން US$1,117,000.00 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް އެމެރިކާ ޑޮލަރު) ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: C-0640/2005) ގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު: 12606622120202 އެކައުންޓާއި، ސަން އިންވެންސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: C-0112/1997) ގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު: 12604329240201 އެކައުންޓުން ފަށަލަކޮށް، 07 ޖޫން 2016 ދުވަހު އިތުރު US$1000.00 (އެއްހާސް އެމެރިކާ ޑޮލަރު) އާއެކު، ޖުމްލަ US$1,118,000.00 (އެއްމިލިއަން އެއްލައްކަ އަށާރަހާސް އެމެރިކާ ޑޮލަރު) ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ނަންބަރު: 9901-01-10002200-200 އެކައުންޓަށް ޓްރާންސްފަރކުރުމުން، މި ފައިސާ މީނާގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައި އޮންނަ ނަންބަރު: 9010-31-00022002-000 ސޭވިންގްސް އިންވެސްޓްމަންޓް އެކައުންޓަށް ޓްރާންސްފަރކޮށް، މިފައިސާ މީނާގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައި އޮންނަ ނަންބަރު: 9011-21-00022002-000 ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަށް 14 މާރިޗު 2017 ދުވަހު ޖަމާކޮށް އެފައިސާ އިން މަންފާ ހޯދުމަށްޓަކައި 36 (ތިރީސް ހައެއް) މަސްދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފައިވާތީއާއި، މީނާ ލޯންޑަރކޮށްފައިވާ US$1,118,000.00 (އެއްމިލިއަން އެއްލައްކަ އަށާރަހާސް އެމެރިކާ ޑޮލަރު) އާއި މި ފައިސާއާ އެއްކޮށްފައިވާ US$2,295,250.00 (ދެ މިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް ދުއިސައްތަ ފަންސާސް އެމެރިކާ ޑޮލަރު) ދައުލަތަށް ނަގައިދިނުމަށް އެދި.

އަސާސީ އަދަބު:
100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ މާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން

އަޙްމަދު ކްރިކް ރިޟާ

412/Cr-C/2020 - ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުން
ޤާނޫނު ނަންބަރު: 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުންނާއި، 24 ވަނަ މާއްދާގެ (ހ) ގެ ދަށުން.
ދަޢުވާ ކުރާ ސަބަބު:

އަޙްމަދު ކްރިކް ރިޟާ، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް 09 ސެޕްޓެންބަރު 2015 ދުވަހު ރ.ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑްއަށް ކުއްޔަށް ދިނުމުގެ މުޢާމަލާތާ ގުޅިގެން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރިޝްވަތުގެ ގޮތުގައި ހޯދި US$624,950.00 (ހަލައްކަ ސައުވީސްހާސް ނުވަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) 01 ސެޕްޓެންބަރު 2015 ދުވަހު އާއި US$724,935.00 (ހަތްލައްކަ ސައުވީސްހާސް ނުވަސަތޭކަ ތިރީސްފަހެއް އެމެރިކާ ޑޮލަރު) 09 ސެޕްޓެންބަރު 2015 ދުވަހު މީނާގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ ނަންބަރު: 6320205742 އެކައުންޓަށް ޖަމާކުރުމުން، މިއީ ރ.އަތޮޅުގައި ރިސޯޓެއް ތަރައްޤީކުރުމަށް ކޮންސަލްޓެންސީ ފީގެ ގޮތުގައި ލިބުނު ފައިސާކަމަށް ބުނެ އޮޅުވާލައި، މި ފައިސާގެ ތެރެއިން US$1,117,000.00 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް އެމެރިކާ ޑޮލަރު) މީނާގެ އެކައުންޓުގައި ބެހެއްޓުމަށްފަހު، މީނާގެ އެކައުންޓުގެ ނަންބަރު: 5056708 (29 މޭ 2016) ޗެކުން މި ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: C-0640/2005) އަށް ދޫކޮށް، އެ ޗެކް އިސްވެދެންނެވުނު ކުންފުނީގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު: 12606622120202 އެކައުންޓާއި ސަން އިންވެންސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: C-0112/1997) ގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު: 12604329240201 އެކައުންޓް މެދުވެރިކޮށް 07 ޖޫން 2016 ދުވަހު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މި ފައިސާ ލިބުމުގައި މީނާ މެދުވެރިވެފައިވާތީއާއި އަދި މީނާއަށް ފޮނުވި ފައިސާގެ ތެރެއިން މީނާ ބޭނުންކޮށްފައިވާ 00.US$232,885 (ދެލައްކަ ތިރީސް ދެހާސް އަށްސަތޭކަ އަށްޑިހަ ފަސް އެމެރިކާ ޑޮލަރު) ދައުލަތަށް ނަގައިދިނުމަށް އެދި.

އަސާސީ އަދަބު:
5 އަހަރަށްވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ނުވަތަ 5 އަހަރަށްވުރެ ކުރު މުއްދަތަކަށް އަރުވާލުން ނުވަތަ 5 އަހަރަށްވުރެ ކުރު މުއްދަތަކަށް ގޭބަންދު ކުރުން
411/Cr-C/2020 - މަނީ ލޯންޑްރިންގ
ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި، 5 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، 62 ވަނަ މާއްދާ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން.
ދަޢުވާ ކުރާ ސަބަބު:

އަޙްމަދު ކްރިކް ރިޟާ، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް 09 ސެޕްޓެންބަރު 2015 ދުވަހު ރ.ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑްއަށް ކުއްޔަށް ދިނުމުގެ މުޢާމަލާތާ ގުޅިގެން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރިޝްވަތުގެ ގޮތުގައި ހޯދި US$624,950.00 (ހަލައްކަ ސައުވީސްހާސް ނުވަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) 01 ސެޕްޓެންބަރު 2015 ދުވަހު އާއި US$724,935.00 (ހަތްލައްކަ ސައުވީސްހާސް ނުވަސަތޭކަ ތިރީސްފަހެއް އެމެރިކާ ޑޮލަރު) 09 ސެޕްޓެންބަރު 2015 ދުވަހު މީނާގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ ނަންބަރު: 6320205742 އެކައުންޓަށް ޖަމާކުރުމުން، މިއީ ރ.އަތޮޅުގައި ރިސޯޓެއް ތަރައްޤީކުރުމަށް ކޮންސަލްޓެންސީ ފީގެ ގޮތުގައި ލިބުނު ފައިސާކަމަށް ބުނެ އޮޅުވާލައިގެން، މި ފައިސާގެ ތެރެއިން US$1,117,000.00 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް އެމެރިކާ ޑޮލަރު) މީނާގެ އެކައުންޓުގައި ބެހެއްޓުމަށްފަހު، އެ އެކައުންޓުގެ ނަންބަރު: 5056708 (29 މޭ 2016) ޗެކުން މި ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-0640/2005) އަށް ދޫކޮށް، މި ފައިސާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބުމުގައި މެދުވެރިވެ، ކުށްކޮށްގެން ހޯދާފައިވާ މި ފައިސާ މިނާގެ އަތުގައި ބަހައްޓާފައިވާތީއާއި، މި ފައިސާގެ ތެރެއިން US$232,885 (ދެލައްކަ ތިރީސް ދެހާސް އަށްސަތޭކަ އަށްޑިހަ ފަސް އެމެރިކާ ޑޮލަރު) މީނާ ބޭނުންކޮށްފައިވާތީއާއި މީނާ ބޭނުންކޮށްފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި.

އަސާސީ އަދަބު:
100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ މާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން
- މަނީ ލޯންޑްރިންގ
ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި، 5 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، 62 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން.
ދަޢުވާ ކުރާ ސަބަބު:

އަޙްމަދު ކްރިކް ރިޟާ، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް 09 ސެޕްޓެންބަރު 2015 ދުވަހު ރ.ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑްއަށް ކުއްޔަށް ދިނުމުގެ މުޢާމަލާތާ ގުޅިގެން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރިޝްވަތުގެ ގޮތުގައި ހޯދި US$624,950.00 (ހަލައްކަ ސައުވީސްހާސް ނުވަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) 01 ސެޕްޓެންބަރު 2015 ދުވަހު އާއި US$724,935.00 (ހަތްލައްކަ ސައުވީސްހާސް ނުވަސަތޭކަ ތިރީސްފަހެއް އެމެރިކާ ޑޮލަރު) 09 ސެޕްޓެންބަރު 2015 ދުވަހު މީނާގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ ނަންބަރު: 6320205742 އެކައުންޓަށް ޖަމާކުރުމުން، މިއީ ރ.އަތޮޅުގައި ރިސޯޓެއް ތަރައްޤީކުރުމަށް ކޮންސަލްޓެންސީ ފީގެ ގޮތުގައި ލިބުނު ފައިސާކަމަށް ބުނެ އޮޅުވާލައިގެން، މި ފައިސާގެ ތެރެއިން US$1,117,000.00 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް އެމެރިކާ ޑޮލަރު) މީނާގެ އެކައުންޓުގައި ބެހެއްޓުމަށްފަހު، އެ އެކައުންޓުގެ ނަންބަރު: 5056708 (29 މޭ 2016) ޗެކުން މި ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-0640/2005) އަށް ދޫކޮށް، މި ފައިސާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބުމުގައި މެދުވެރިވެ، ކުށްކޮށްގެން ހޯދާފައިވާ މި ފައިސާ މިނާގެ އަތުގައި ބަހައްޓާފައިވާތީއާއި، މި ފައިސާގެ ތެރެއިން US$232,885 (ދެލައްކަ ތިރީސް ދެހާސް އަށްސަތޭކަ އަށްޑިހަ ފަސް އެމެރިކާ ޑޮލަރު) މީނާ ބޭނުންކޮށްފައިވާތީއާއި މީނާ ބޭނުންކޮށްފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި.

އަސާސީ އަދަބު:
100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ މާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން
- ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުން
ޤާނޫނު ނަންބަރު: 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުންނާއި، 24 ވަނަ މާއްދާގެ (ހ) ގެ ދަށުން.
ދަޢުވާ ކުރާ ސަބަބު:

އަޙްމަދު ކްރިކް ރިޟާ، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް 09 ސެޕްޓެންބަރު 2015 ދުވަހު ރ.ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑްއަށް ކުއްޔަށް ދިނުމުގެ މުޢާމަލާތާ ގުޅިގެން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރިޝްވަތުގެ ގޮތުގައި ހޯދި US$624,950.00 (ހަލައްކަ ސައުވީސްހާސް ނުވަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) 01 ސެޕްޓެންބަރު 2015 ދުވަހު އާއި US$724,935.00 (ހަތްލައްކަ ސައުވީސްހާސް ނުވަސަތޭކަ ތިރީސްފަހެއް އެމެރިކާ ޑޮލަރު) 09 ސެޕްޓެންބަރު 2015 ދުވަހު މީނާގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ ނަންބަރު: 6320205742 އެކައުންޓަށް ޖަމާކުރުމުން، މިއީ ރ.އަތޮޅުގައި ރިސޯޓެއް ތަރައްޤީކުރުމަށް ކޮންސަލްޓެންސީ ފީގެ ގޮތުގައި ލިބުނު ފައިސާކަމަށް ބުނެ އޮޅުވާލައި، މި ފައިސާގެ ތެރެއިން US$1,117,000.00 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް އެމެރިކާ ޑޮލަރު) މީނާގެ އެކައުންޓުގައި ބެހެއްޓުމަށްފަހު، މީނާގެ އެކައުންޓުގެ ނަންބަރު: 5056708 (29 މޭ 2016) ޗެކުން މި ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: C-0640/2005) އަށް ދޫކޮށް، އެ ޗެކް އިސްވެދެންނެވުނު ކުންފުނީގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު: 12606622120202 އެކައުންޓާއި ސަން އިންވެންސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: C-0112/1997) ގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު: 12604329240201 އެކައުންޓް މެދުވެރިކޮށް 07 ޖޫން 2016 ދުވަހު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މި ފައިސާ ލިބުމުގައި މީނާ މެދުވެރިވެފައިވާތީއާއި އަދި މީނާއަށް ފޮނުވި ފައިސާގެ ތެރެއިން މީނާ ބޭނުންކޮށްފައިވާ 00.US$232,885 (ދެލައްކަ ތިރީސް ދެހާސް އަށްސަތޭކަ އަށްޑިހަ ފަސް އެމެރިކާ ޑޮލަރު) ދައުލަތަށް ނަގައިދިނުމަށް އެދި.

އަސާސީ އަދަބު:
5 އަހަރަށްވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ނުވަތަ 5 އަހަރަށްވުރެ ކުރު މުއްދަތަކަށް އަރުވާލުން ނުވަތަ 5 އަހަރަށްވުރެ ކުރު މުއްދަތަކަށް ގޭބަންދު ކުރުން

ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް

346/Cr-C/2023 - މަނީ ލޯންޑްރިންގ
ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި، 5 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، 58 ވަނަ މާއްދާ (ހ) ގެ ދަށުން.
ދަޢުވާ ކުރާ ސަބަބު:

ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: C-0640/2005)، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް 09 ސެޕްޓެންބަރު 2015 ދުވަހު ރ.ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑްއަށް ކުއްޔަށް ދިނުމުގެ މުޢާމަލާތާ ގުޅިގެން، ކ.މާލެ، މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާ މެދުވެރިކޮށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރިޝްވަތުގެ ގޮތުގައި ހޯދި ފައިސާގެ ތެރެއިން US$1,117,000.00 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް އެމެރިކާ ޑޮލަރު) ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެންގުމަށް، އަޙްމަދު ކްރިކް ރިޟާގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ ނަންބަރު: 6320205742 އެކައުންޓުގެ ނަންބަރު: 5056708 (29 މޭ 2016) ޗެކުން މި ކުންފުންޏަށް ދޫކުރުމުން، މިއީ ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއްކަމުގައި ދައްކައިގެން، މި ޗެކް މިކުންފުނީގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު: 12606622120202 އެކައުންޓަށް 31 މޭ 2016 ދުވަހު ޖަމާކުރުމަށްފަހު، މި US$1,117,000.00 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް އެމެރިކާ ޑޮލަރު) ސަން އިންވެންސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: C-0112/1997) ގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު: 12604329240201 އެކައުންޓަށް 07 ޖޫން 2016 ދުވަހު "އިންހައުސް ފަންޑް ޓްރާންސްފަރ" އެއްގެގޮތުގައި ޓްރާންސްފަރކޮށް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރިޝްވަތުގެ ގޮތުގައި ހޯދި ފައިސާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް ރައްދުކުރުމަށްޓަކައި މިކުންފުނީގެ ނަންބަރު: 1260-66221-20-202 އެކައުންޓުން ފައިސާ ފަށަލަކޮށްދީފައިވާތީ. 

އަސާސީ އަދަބު:
100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު x2 ނުވަތަ މާއެކު x2
66/Cr-C/2025 - މަނީ ލޯންޑްރިންގ
ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި، 5 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، 58 ވަނަ މާއްދާ (ހ) ގެ ދަށުން.
ދަޢުވާ ކުރާ ސަބަބު:

ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: C-0640/2005)، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް 09 ސެޕްޓެންބަރު 2015 ދުވަހު ރ. ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑްއަށް ކުއްޔަށް ދިނުމުގެ މުޢާމަލާތާ ގުޅިގެން، ކ.މާލެ، މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާ މެދުވެރިކޮށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރިޝްވަތުގެ ގޮތުގައި ހޯދި ފައިސާގެ ތެރެއިން US$1,117,000.00 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް އެމެރިކާ ޑޮލަރު) ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެންގުމަށް، އަޙްމަދު ކްރިކް ރިޟާގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ ނަންބަރު: 6320205742 އެކައުންޓުގެ ނަންބަރު: 5056708 (29 މޭ 2016) ޗެކުން މި ކުންފުންޏަށް ދޫކުރުމުން، މިއީ ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއްކަމުގައި ދައްކައިގެން، މި ޗެކް މިކުންފުނީގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު: 12606622120202 އެކައުންޓަށް 31 މޭ 2016 ދުވަހު ޖަމާކުރުމަށްފަހު، މި US$1,117,000.00 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް އެމެރިކާ ޑޮލަރު) ސަން އިންވެންސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: C-0112/1997) ގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު: 12604329240201 އެކައުންޓަށް 07 ޖޫން 2016 ދުވަހު "އިންހައުސް ފަންޑް ޓްރާންސްފަރ" އެއްގެގޮތުގައި ޓްރާންސްފަރކޮށް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރިޝްވަތުގެ ގޮތުގައި ހޯދި ފައިސާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް ރައްދުކުރުމަށްޓަކައި މިކުންފުނީގެ ނަންބަރު: 1260-66221-20-202 އެކައުންޓުން ފައިސާ ފަށަލަކޮށްދީފައިވާތީ.  

އަސާސީ އަދަބު:
100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު x2 ނުވަތަ މާއެކު x2
ހުކުމް:
ސާބިތުނުވޭ

ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް (C-640/2005)ގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާގެ މައުނަވީ ރުކުން ސާބިތުކޮށްނުދެވޭތީ، މައްސަލަ ސާބިތުނުވާކަމަށް ޙުކުމް ކުރެއްވިއެވެ.

ސަން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް

346/Cr-C/2023 - މަނީ ލޯންޑްރިންގ
ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި، 5 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، 58 ވަނަ މާއްދާ (ހ) ގެ ދަށުން.
ދަޢުވާ ކުރާ ސަބަބު:

ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: C-0112/1997) މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް 09 ސެޕްޓެންބަރު 2015 ދުވަހު ރ.ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑްއަށް ކުއްޔަށް ދިނުމުގެ މުޢާމަލާތާ ގުޅިގެން، ކ.މާލެ، މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާ މެދުވެރިކޮށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރިޝްވަތުގެ ގޮތުގައި ހޯދި ފައިސާގެ ތެރެއިން US$1,117,000.00 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް އެމެރިކާ ޑޮލަރު) ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެންގުމަށް، އަޙްމަދު ކްރިކް ރިޟާގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ ނަންބަރު: 6320205742 އެކައުންޓުގެ ނަންބަރު: 5056708 (29 މޭ 2016) ޗެކުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު:C-0640/2005) އަށް ދޫކުރުމުން، މިއީ ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއްކަމުގައި ދައްކައިގެން، މި ޗެކް އެ ކުންފުނީގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު: 12606622120202 އެކައުންޓަށް 31 މޭ 2016 ދުވަހު ޖަމާކުރުމަށްފަހު، މި ފައިސާ ސަން އިންވެންސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު: 12604329240201 އެކައުންޓަށް 07 ޖޫން 2016 ދުވަހު "އިންހައުސް ފަންޑް ޓްރާންސްފަރ" އެއްގެގޮތުގައި ޓްރާންސްފަރކުރުމުން، މި ފައިސާ އަށް އިތުރު US$1000.00 (އެއްހާސް އެމެރިކާ ޑޮލަރު) އެއްކުރުމަށްފަހު US$1,118,000.00 (އެއްމިލިއަން އެއްލައްކަ އަށާރަހާސް އެމެރިކާ ޑޮލަރު) "އިންޓަރ ކޮމްޕެނީ  ފަންޑް ޓްރާންސްފަރ" އެއްގެގޮތުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ނަންބަރު: 9901-01-10002200-200 އެކައުންޓަށް 07 ޖޫން 2016 ގައި ޖަމާކޮށް، ރިޝްވަތުގެ މި ފައިސާ ފަށަލަކޮށްދީ ލޯންޑަރކޮށްފައިވާތީ. 

އަސާސީ އަދަބު:
100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު x2 ނުވަތަ މާއެކު x2
66/Cr-C/2025 - މަނީ ލޯންޑްރިންގ
ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި، 5 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، 58 ވަނަ މާއްދާ (ހ) ގެ ދަށުން.
ދަޢުވާ ކުރާ ސަބަބު:

ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: C-0112/1997) މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް 09 ސެޕްޓެންބަރު 2015 ދުވަހު ރ. ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑްއަށް ކުއްޔަށް ދިނުމުގެ މުޢާމަލާތާ ގުޅިގެން، ކ. މާލެ، މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާ މެދުވެރިކޮށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރިޝްވަތުގެ ގޮތުގައި ހޯދި ފައިސާގެ ތެރެއިން US$1,117,000.00 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް އެމެރިކާ ޑޮލަރު) ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެންގުމަށް، އަޙްމަދު ކްރިކް ރިޟާގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ ނަންބަރު: 6320205742 އެކައުންޓުގެ ނަންބަރު: 5056708 (29 މޭ 2016) ޗެކުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: C-0640/2005) އަށް ދޫކުރުމުން، މިއީ ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއްކަމުގައި ދައްކައިގެން، މި ޗެކް އެ ކުންފުނީގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު: 12606622120202 އެކައުންޓަށް 31 މޭ 2016 ދުވަހު ޖަމާކުރުމަށްފަހު، މި ފައިސާ ސަން އިންވެންސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު: 12604329240201 އެކައުންޓަށް 07 ޖޫން 2016 ދުވަހު "އިންހައުސް ފަންޑް ޓްރާންސްފަރ" އެއްގެގޮތުގައި ޓްރާންސްފަރކުރުމުން، މި ފައިސާ އަށް އިތުރު US$1000.00 (އެއްހާސް އެމެރިކާ ޑޮލަރު) އެއްކުރުމަށްފަހު US$1,118,000.00 (އެއްމިލިއަން އެއްލައްކަ އަށާރަހާސް އެމެރިކާ ޑޮލަރު) "އިންޓަރ ކޮމްޕެނީ ފަންޑް ޓްރާންސްފަރ" އެއްގެގޮތުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ނަންބަރު: 9901-01-10002200-200 އެކައުންޓަށް 07 ޖޫން 2016 ގައި ޖަމާކޮށް، ރިޝްވަތުގެ މި ފައިސާ ފަށަލަކޮށްދީ ލޯންޑަރކޮށްފައިވާތީ.  

އަސާސީ އަދަބު:
100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު x2 ނުވަތަ މާއެކު x2
ހުކުމް:
ސާބިތުނުވޭ

ސަން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް (C-0112/1997)ގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާގެ މައުނަވީ ރުކުން ސާބިތުކޮށްނުދެވޭތީ، މައްސަލަ ސާބިތުނުވާކަމަށް ޙުކުމް ކުރެއްވިއެވެ.

ސިރިތަރަކުމާރު ތިއޭގަރާޖަރ

ޢަލީ މަޢުރޫފް

ކޯޓުގެ އަޑުއެހުންތައް

ކެންސަލްކުރެވުނު (171)
ބޭއްވުނު (150)
920/2020/CRC/369 (309 އަޑުއެހުން)
27/10/2025 14:30 - ހެއްކާއިމެދު ވާހަކަ ދެއްކުން
410/Cr-C/2020 - ރިޝްވަތު ޤަބޫލުކުރުން
27/10/2025 14:30 - ހެއްކާއިމެދު ވާހަކަ ދެއްކުން
11/Cr-C/2025 - މަނީ ލޯންޑްރިންގ
26/10/2025 10:00 - ހެއްކާ ގުޅިގެން ވާހަކަދެއްކުމާއި ހުލާސާބަޔާން
410/Cr-C/2020 - ރިޝްވަތު ޤަބޫލުކުރުން
26/10/2025 10:00 - ހެއްކާ ގުޅިގެން ވާހަކަދެއްކުމާއި ހުލާސާބަޔާން
11/Cr-C/2025 - މަނީ ލޯންޑްރިންގ
25/09/2025 10:30 - ހެއްކާއިމެދު ވާހަކަ ދެއްކުން
410/Cr-C/2020 - ރިޝްވަތު ޤަބޫލުކުރުން
ކުރިއަށްދިޔަ ކަންތައް:
ހެއްކާއިމެދު ވާހަކަ ދެއްކުން
25/09/2025 10:30 - ހެއްކާއިމެދު ވާހަކަ ދެއްކުން
11/Cr-C/2025 - މަނީ ލޯންޑްރިންގ
ކުރިއަށްދިޔަ ކަންތައް:
ހެއްކާއިމެދު ވާހަކަ ދެއްކުން
20/07/2025 09:00 - ޚުލާސާ ބަޔާން
410/Cr-C/2020 - ރިޝްވަތު ޤަބޫލުކުރުން
20/07/2025 09:00 - ޚުލާސާ ބަޔާން
11/Cr-C/2025 - މަނީ ލޯންޑްރިންގ
17/06/2025 09:00 - ހެއްކާއިމެދު ވާހަކަ ދެއްކުން
410/Cr-C/2020 - ރިޝްވަތު ޤަބޫލުކުރުން
17/06/2025 09:00 - ހެއްކާއިމެދު ވާހަކަ ދެއްކުން
11/Cr-C/2025 - މަނީ ލޯންޑްރިންގ