މައްސަލައިގެ ތަފްސީލް
ކުރެވުނު ދަޢުވާ
ޢަލީ މުނީޒު
ޢަލީ މުނީޒު، 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނޮވެންބަރު މަހާ ހަމައަށް އެކި ތާރީޚުތަކުގައި ތ. ތިމަރަފުށީގެ އެކި މަޙައްލުތަކުގައި ދީނީ ހަރުކަށި ފިކުރަށް ހިތްވަރު ލިބޭގޮތަށް ވާހަކަދައްކައި، ރިސޯޓް ތަކުގައި ވަޒީފާ އަދާކުރާ މީހުންނަކީ މުރުތައްދުން ކަމަށް ބުނެ ވާހަކަ ދައްކައި، 2019 ވަނަ އަހަރުގެ ފަހުކޮޅުގެ ދުވަހެއްގައި މީނާ އިތުރު ބަޔަަކާއެކު ހުރެ ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވުމަށް ސީރިޔާއަށް ދާންޖެހޭކަމަށާއި، ދިވެހި ސަރުކާރުގެ ވެރިން އަތުޖެހޭ ހިސާބަށް އައިސްފިނަމަ މަރާލަންޖެހޭ ކަމަށް ބުނެ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކާފައިވާތީ.
ޢަލީ މުނީޒު، 2019 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން 2020 ވަނަ އަހަރުގެ ނޮވެންބަރު މަހާ ހަމައަށް ތ. ތިމަރަފުށީގައި ދީނީ ހަރުކަށި ފިކުރު ކުރިއަރުވައި، އެ ފިކުރަށް މީހުން ގުޅުވުމަށް މަސައްކަތްކޮށް، ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައިގައި ބައިވެރިވުމަށް ހިތްވަރުލިބޭގޮތަށް ވާހަކަދައްކައި، 2019 ވަނަ އަހަރުން ފެށިގެން މިނާ ދިރިއުޅޭ ތ. ތިމަރަފުށި، ކެނެރީގޭގައާއި، އެގެއާ އިންވެގެން ހުންނަ ތ. ތިމަރަފުށީ ދާރުއްޞަލާމްގޭގެ ގޯތިތެރޭގައާއި، ތ. ތިމަރަފުށީގެ އެކި ތަންތަނުގައި، އަމާޒަށް ތީރު ޖެހުމަށް ދަސްކުރުމުގެ ގޮތުން ރުއްރުކާއި، ފޮށިގަނޑު ފަދަ ތަކެއްޗަށް އަމާޒުކޮށް ތީރު ޖަހަން ދަސްކޮށް ޓްރެއިނިނގް ލިބިގަނެފައިވާތީއާއި، މީނާއާއި މީނާއާއެކު ތ. ތިމަރަފުށީގައި ގްރޫޕް ހަދައިގެން އުޅޭ ދީނީ ހަރުކަށި ފިކުރުގެ މީހުން ތ. ކަނިމީދޫއަށްދާ ދަތުރުތަކުގައި އަމާޒަށް ތީރުޖެހުމާއި، ތަންތަނަށް އެރުމާއި، ރާޅާ ދެކޮޅަށް ފެތުންފަދަ ހަނގުރާމައިގައި ބޭނުންކުރެވިދާނެފަދަ ހުނަރުތަކާއި އުކުޅުތައް ދަސްކޮށް ތަމްރީނު ލިބިގަނެފައިވާތީ.
ޢަލީ މުނިޒު، އިތުރުބަޔަކާ ބައިވެރިވެގެން، ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ޤަބޫލުކޮށް އެފިކުރު ފަތުރާކަމަށް ބެލެވޭ ފަރާތްތަކުން ބޭނުންކުރާ "ނަސާޙް-3" ދޯނީގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) އެއް ތައްޔާރުކޮށް، އައި.އީ.ޑީ ގޮއްވާލައިގެން ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޓެރަރިޒަމް ޙަމަލާއެއް ދޭންއުޅުނުކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި، 11 ނޮވެންބަރު 2020 ދުވަހުގެރޭގެ ވަގުތެއްގައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މީނާ ދިރިއުޅޭ ތ. ތިމަރަފުށި، ކެނެރީގެ ބަލައިފާސްކޮށް، މީނާގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސަމްސަންގް ގެލެކްސީ އެސް 9 ޕްލަސް ފޯނާއި، އެގެ ބަލައިފާސްކުރަނިކޮށް ފެނުނު މައިކްރޯ އެސްޑީ މެމޮރީ ކާޑާއި، ސްޕައި ކެމެރާގައި އިން މައިކްރޯ އެސްޑީ މެމޮރީ ކާޑު ތަޙްލީލު ކުރިއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު: (IUL)1-LAO/1/2019/92 (31 އޮކްޓޫބަރު 2019) ޤަރާރުން ޓެރަރިސްޓް ޖަމާއަތްތަކެއްކަމަށް ކަނޑައަޅާފައިވާ، އިސްލާމިކް ސްޓޭޓްއަށް ތާޢީދުކުރާކަން ދޭހަކޮށްދޭފަދަ ލިޔުންތަކާއި، ފޮޓޯއާއި، ވީޑިއޯ ފެނިފައިވާތީ.
މުޙައްމަދު އާޞިރު
މުޙައްމަދު އާޞިރު، 2020 ވަނަ އަހަރުގެ ވަގުތެއްގައި، ތ. ތިމަރަފުށީގެ އެކި މަޙައްލުތަކުގައި، ދީނީ ހަރުކަށި ފިކުރަށް ހިތްވަރު ލިބޭގޮތަށް ވާހަކަދައްކައި، ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވުމަށް ސީރިޔާއަށް ދާންޖެހޭކަމަށާއި، ދިިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަކީ ކާފަރުންނަށް ވީތީ އެމީހުންގެ ލޭ ހުއްދަވާނެ ކަމަށާއި، ބިދޭސީންނަށް ހަމަލާދީ، އެ މީހުންގެ މުދާތައް ފޭރިގަތުމަށާއި، ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލެބޯޓްރީގައި ހުންނަ ގޭސްފުޅި ލީކްކޮށްލައި، އެތަން ގޮއްވާލުމަށާއި، އެކަން ކޮށްދޭ ބަޔަކަށް އުޖޫރަ ދޭނެ ކަމަށް ބުނެ، ޓެރަރިޒަމް ޢަމަލެއް ކުރުމަށް ހިތްވަރު ދީފައިވާތީ.
ޢަބްދުﷲ ޝަރީފް
ޢަބްދުﷲ ޝަރީފް އިތުރު ބަޔަކާއެކު، 2020 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން 11 ނޮވެންބަރު 2020 އާ ހަމައަށް، ދީނުގެ ނަމުގައި، ހައްދުފަހަނަ އަޅާފައިވާ ފިކުރެއް ކުރިއެރުވުމުގެ ގޮތުން، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް، އެމީހުންގެ ސަލަމާތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވުމަށާއި، މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސަރަހައްދެއްގައި އިންޕްރޮވައިޒްޑް އެކްސްޕްލޯސިވްސް ޑިވައިސް (އައި.އީ.ޑީ) އެއް ހަދައިގެން، 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި، އެ އައިއީޑީ ދިވެހިރާއްޖޭގެ ސަރަހައްދެއްގައި ގޮއްވާލުމަށް ރާވާފައިވާތީ.
ޢަބްދުﷲ ޝަރީފް އިތުރުބަޔަކާއެކު، ދިވެހިރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކޮށް، އެ ފަރާތްތަކާ ގާތް ގުޅުމެއް ބާއްވާ، އެފަދަ ޖަމާޢަތްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހުރެ، ޓެރަރިސްޓް ޖަމާޢަތްތަކުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކޮށް، އެ ޖަމާޢަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ ސަޕޯޓު ދެމުން ދިއުމާއި، އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރު ޤަބޫލުކޮށް، ތ. ތިމަރަފުށީގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތްކޮށް، ވަކި ޖަމާޢަތް ހަދައިގެން ނަމާދު ކުރުމަށް އިރުޝާދުދީ، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ތަމްރީނު ފޯރުކޮށްދީ، 2020 ވަނަ އަހަރު ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމަށް ރާވައި، އެކަމަށް އިރުޝާދުދީ، އެފަދަ ޢަމަލުތައް ހިންގުމަށް ހިތްވަރުދެމުންދާ ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި، 11 ނޮވެންބަރު 2020 ދުވަހުގެ އިރުއޮއްސުނު ފަހުން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މީނާ ހައްޔަރުކޮށް، މީނާގެ އަތުން ނެގި "ރެޑްމީ" ބްރޭންޑުގެ ފޯނާއި، ހަމަ އެދުވަހުގެ މީނާ ދިރިއުޅޭ ތ. ތިމަރަފުށި، ފެހިވިދުވަރުގެ ބަލައިފާސްކޮށް އެ ގޭގެ ކޮޓަރިން ނެގުނު "ސޮނީ" ބްރޭންޑުގެ ހާޑް ޑިސްކްއާއި، "އޭސަރ" ބްރޭންޑުގެ ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެތަކެތި ތަޙުލީލު ކުރިއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު:(IUL)1-LAO/1/2019/92(31 އޮކްޓޫބަރު 2019) ޤަރާރުން ޓެރަރިސްޓް ޖަމާއަތްތަކެއްކަމަށް ކަނޑައަޅާފައިވާ އިސްލާމިކް ސްޓޭޓްއަށް ތާޢީދުކުރާކަން ދޭހަކޮށްދޭ، ލިޔުމާއި ވީޑިއޯ އާއި ފޮޓޯ ފެނިފައިވާތީ.
ޢަބްދުﷲ ޝަރީފް، ޓެރަރިސްޓް ޖަމާޢާތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓް އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އަމީރު ބޭނުންކުރާ ނަންބަރަކީ 009607240803 ކަމާއި، އޭނާ ބޭނުންކުރާ ކުންޔާ އަކީ "އަބޫ އިމާރާ" ކަމަށް އިންޓެލިޖަންސްއަށް މަޢުލޫމާތު ލިބިފައި ވަނިކޮށް، މީނާއާއި، އިތުރުބަޔަކު ބައިވެރިވެގެން ތ. ތިމަރަފުށީގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތްކޮށް، ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާޢަތަކަށް ތާއީދުކޮށް، 2020 ވަނަ އަހަރު ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމަށް ރާވައި، ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމަށް އެހީތެރިވެ، އެކަމަށް ހިތްވަރު ދެމުންގެންދާ ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ހައްޔަރުކުރި އަޙްސަން މުޙައްމަދު، 11 ނޮވެންބަރު 2020 ދުވަހުގެ 19:23 އެހައިކަށްހައިއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަލައިފާސްކުރިއިރު، އަޙްސަން މުޙައްމަދުގެ އަތުން ނެގުނު "އެޕަލް" ބްރޭންޑުގެ އައިފޯނު 6 އެސް ޕްލަސް ފޯނު ތަޙުލީލުކުރިއިރު، Abu Argam އަކީ ތިމަރަފުށީ ސެލްގެ އަމީރު ކަމަށް ލިޔެފައިވާ ނޯޓާއި، ޢަބްދުﷲ ޝަރީފްގެ ނަންބަރު 009607240803 އަޙްސަން މުޙައްމަދުގެ ފޯނުގައި ސޭވްކޮށްފައިވަނީ Abu Argam ގެ ނަމުގައިކަމާއި، އިސްލާމީ ދައުލަތު (އިސްލާމިކް ސްޓޭޓް) ގެ ފަރާތުން ރާއްޖެއަށް އަމީރަކު އައްޔަންކުރުމަށްފަހު ފޮނުވާފައިވާ ލިޔުން އަޙްސަން މުޙައްމަދުގެ ފޯނުން ފެނިފައިވާތީއާއި، ދިވެހިރާއްޖޭގެ ތިބި ހަނގުރާމަވެރިންގެ އިސް އަމީރެއްގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ އަބޫ އަމާރާއަށްކަން އެ ލިޔުމުން އެނގެން އޮންނައިރު އަބޫ އިމާރާއަކީ ޢަބްދުﷲ ޝަރީފްކަން އެނގެން އޮންނާތީ، ޢަބްދުﷲ ޝަރީފްއަކީ ޓެރަރިސްޓެ ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓްގެ މެންބަރެއްކަމަށް ވާތީ
އަޙްސަން މުޙައްމަދު
ޢަބްދުﷲ ޢިމާދު
ޢަބްދުﷲ ޢިމާދު އިތުރު ބަޔަކާއެކު، 2020 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން 11 ނޮވެންބަރު 2020 އާ ހަމައަށް، ދީނުގެ ނަމުގައި، ހައްދުފަހަނަ އަޅާފައިވާ ފިކުރެއް ކުރިއެރުވުމުގެ ގޮތުން، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް، އެމީހުންގެ ސަލަމާތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވުމަށާއި، މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސަރަހައްދެއްގައި އިންޕްރޮވައިޒްޑް އެކްސްޕްލޯސިވްސް ޑިވައިސް (އައި.އީ.ޑީ) އެއް ހަދައިގެން، 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި، އެ އައި.އީ.ޑީ ދިވެހިރާއްޖޭގެ ސަރަހައްދެއްގައި ގޮއްވާލުމަށް ރާވައި، އައި.އީ.ޑީ ގޮއްވާލުމަށް ބޭނުންކުރަން ރާވާފައިވާ ވަސީލަތެއް ކަމުގައިވާ "ނަސާޙް- 3" ދޯނީގައި 11 ނޮވެންބަރު 2020 ދުވަހު މީނާ ހުއްޓައި ފެނިފައިވާތީ.
ޢަބްދުﷲ ޢިމާދުގެ މައްޗަށް ތުހުމަތު ކުރެވުނު ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކޮށް، ޓެރަރިޒަމަށް ހިތްވަރުދީ، ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ އިރުޝާދުގެ ދަށުން ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ޢަމަލުތައް ކުރުމަށް ރާވައި، އެކަމަށް ހިތްވަރުދިންކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ކްރިމިނަލް ކޯޓުގެ ނަންބަރު: 145-J/ECA/2020/700 (14 ނޮވެންބަރު 2020) ކޯޓު އަމުރުން މީނާގެ މައްޗަށް މީނާ ބޭނުންކުރާ ފޯނުތަކާއި، ސިމް ކާޑުތަކާއި، މެމޮރީ ކާޑުތަކާއި، އެ ތަކެތީގެ ފިން ނަންބަރު، ޕާސްވޯޑް، ލޮކް ކޯޑު، ލޮކް ޕެޓާރން، ފޭޝިއަލް ރިކޮގްނިޝަން އަދި ފިންގަރ ޕްރިންޓް ފުލުހުންނަށްދީ، އެތަކެތި ހުޅުވައިދިނުމަށް މީނާގެ މައްޗަށް އަމުރު ކުރައްވާފައިވަނިކޮށް، މީނާގެ ފޯނުގައި މީނާ އެކްޓިވޭޓް ކޮށްފައިވާ "ސެކަންޑް ސްޕޭސް" ގައި ހުރި ކޮންޓެންޓް އެނަލައިޒްކުރުމަށްޓަކައި ފޯނުގެ އެ ބައި ހުޅުވުމަށް ބޭނުންވާ ލޮކް ކޯޑު ފުލުހުންނަށް ނުދީ، ފޯނުގައި ހުރި ހެކި ފޮރުވައި، އެ ހެކި ހޯދުމަށް ފުލުހުންނަށް ހުރަސްއަޅާފައިވާތީ.
ޢަބްދުﷲ ޢިމާދުގެ މައްޗަށް ތުހުމަތު ކުރެވުނު ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކޮށް، ޓެރަރިޒަމަށް ހިތްވަރުދީ، ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ އިރުޝާދުގެ ދަށުން ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ޢަމަލުތައް ކުރުމަށް ރާވައި، އެކަމަށް ހިތްވަރުދިންކަމަށް ތުހުމަތުކުރެވުނު މައްސަލާގައި 11 ނޮވެންބަރު 2020 ދުވަހު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން "ނަސާޙް 3" ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރަނިކޮށް އެދޯނީގެ ކުރީކޮޅު ގެގަނޑުގެ ވާތްފަރާތުގައި ހުރި ކަބަޑު މަތިން ފެނުނު މީނާ ބޭނުންކުރާ ޒިއާއޮމީ ރެޑްމީ ނޯޓް 7 ބްރޭންޑްގެ ފޯނު ތަޙްލީލުކުރިއިރު އެ ފޯނުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ފެނިފައިވާތީ.
ޢަބްދުﷲ ޢިމާދު، އިތުރުބަޔަކާ ބައިވެރިވެގެން، ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ޤަބޫލުކޮށް އެފިކުރު ފަތުރާކަމަށް ބެލެވޭ ފަރާތްތަކުން ބޭނުންކުރާ "ނަސާޙް-3" ދޯނީގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) އެއް ތައްޔާރުކޮށް، އައި.އީ.ޑީ ގޮއްވާލައިގެން ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޓެރަރިޒަމް ޙަމަލާއެއް ދޭންއުޅުނުކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި، 11 ނޮވެންބަރު 2020 ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މީނާ ހައްޔަރުކޮށް، އެ ކޯޓުގެ އަމުރެއްގެ ދަށުން "ނަސާޙް-3" ދޯނި ބަލައިފާސްކުރިއިރު، އެދޯނީގެ ކުރީކޮޅު ގެގަނޑުގެ ވާތްފަރާތުގައި ހުރި ކަބަޑު މަތިން ފެނުނު ޒިއާއޮމީ ރެޑްމީ ނޯޓް 7 ބްރޭންޑްގެ ފޯނާއި، އެ ދޯނީގައި ޢަބްދުﷲ ޢިމާދު ނިދާ ގޮދަޑި މަތީގައި ހުރި ދަބަހުގެ ކުރިމަތީ ޖީބުން ފެނުނު ޒިއާއޮމީ ރެޑްމީ 6 ބްރޭންޑްގެ ފޯނު ތަޙްލީލު ކުރިއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު: (IUL)1-LAO/1/2019/92 (31 އޮކްޓޫބަރު 2019) ޤަރާރުން ޓެރަރިސްޓް ޖަމާއަތްތަކެއްކަމަށް ކަނޑައަޅާފައިވާ، އިސްލާމިކް ސްޓޭޓްއަށް ތާޢީދުކުރާކަން ދޭހަކޮށްދޭފަދަ ލިޔުންތަކާއި، ފޮޓޯއާއި، ވީޑިއޯ ފެނިފައިވާތީ.
ޝަމާޚު ޝަރީފް
ޝަމާޚު ޝަރީފް އިތުރު ބަޔަކާއެކު، 2020 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން 11 ނޮވެންބަރު 2020 އާ ހަމައަށް، ދީނުގެ ނަމުގައި، ހައްދުފަހަނަ އަޅާފައިވާ ފިކުރެއް ކުރިއެރުވުމުގެ ގޮތުން، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް، އެމީހުންގެ ސަލަމާތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވުމަށާއި، މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސަރަހައްދެއްގައި އިންޕްރޮވައިޒްޑް އެކްސްޕްލޯސިވްސް ޑިވައިސް (އައި.އީ.ޑީ) އެއް ހަދައިގެން، 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި، އެ އައި.އީ.ޑީ ދިވެހިރާއްޖޭގެ ސަރަހައްދެއްގައި ގޮއްވާލުމަށް ރާވައި، އައި.އީ.ޑީ ގޮއްވާލުމަށް ބޭނުންކުރަން ރާވާފައިވާ ވަސީލަތެއް ކަމުގައިވާ "ނަސާޙް- 3" ދޯނީގައި 11 ނޮވެންބަރު 2020 ދުވަހު މީނާ ހުއްޓައި ފެނިފައިވާތީ.
ޝަމާޚު ޝަރީފް އިތުރުބަޔަކާއެކު، 11 ނޮވެންބަރު 2020 ދުވަހު، ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ޤަބޫލުކޮށް އެފިކުރު ފަތުރާކަމަށް ބެލެވޭ ފަރާތްތަކުން ބޭނުންކުރާ "ނަސާޙް-3" ދޯނީގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) އެއް ތައްޔާރުކޮށް، އައި.އީ.ޑީ ގޮއްވާލައިގެން ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޓެރަރިޒަމް ޙަމަލާއެއް ދޭންއުޅޭކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި، 11 ނޮވެންބަރު 2020 ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މީނާ ހައްޔަރުކޮށް، އެ ކޯޓުގެ އަމުރެއްގެ ދަށުން "ނަސާޙް-3" ދޯނި ބަލައިފާސްކުރިއިރު، ދޯނީގެ ޓަޔަރެއްގެ ތެރޭގައި ފޮރުވާފައި އޮތް މީނާގެ ސެމްސަންގް ބްރޭންޑްގެ މޮބައިލް ފޯނު ތަޙްލީލު ކުރިއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު: (IUL)1-LAO/1/2019/92 (31 އޮކްޓޫބަރު 2019) ޤަރާރުން ޓެރަރިސްޓް ޖަމާއަތްތަކެއްކަމަށް ކަނޑައަޅާފައިވާ، އިސްލާމިކް ސްޓޭޓް އާއި އަލް ޤައިދާއަށް ތާޢީދުކުރާކަން ދޭހަކޮށްދޭ، ލިޔުންތަކާއި ވީޑިއޯ ފެނިފައިވާތީ.
އިބްރާހީމް ލޫޠު
އިބްރާހީމް ލޫޠު އިތުރު ބަޔަކާއެކު، 2020 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން 11 ނޮވެންބަރު 2020 އާ ހަމައަށް، ދީނުގެ ނަމުގައި، ހައްދުފަހަނަ އަޅާފައިވާ ފިކުރެއް ކުރިއެރުވުމުގެ ގޮތުން، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް، އެމީހުންގެ ސަލަމާތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވުމަށާއި، މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސަރަހައްދެއްގައި އިންޕްރޮވައިޒްޑް އެކްސްޕްލޯސިވްސް ޑިވައިސް (އައި.އީ.ޑީ) އެއް ހަދައިގެން، 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި، އެ އައި.އީ.ޑީ ދިވެހިރާއްޖޭގެ ސަރަހައްދެއްގައި ގޮއްވާލުމަށް ރާވައި، އައި.އީ.ޑީ ގޮއްވާލުމަށް ބޭނުންކުރަން ރާވާފައިވާ ވަސީލަތެއް ކަމުގައިވާ "ނަސާޙް- 3" ދޯނީގައި 11 ނޮވެންބަރު 2020 ދުވަހު މީނާ ހުއްޓައި ފެނިފައިވާތީ.
އިބްރާހީމް ލޫޠުގެ މައްޗަށް މައްޗަށް ތުހުމަތު ކުރެވުނު ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކޮށް، ޓެރަރިޒަމަށް ހިތްވަރުދީ، ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ އިރުޝާދުގެ ދަށުން ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ޢަމަލުތައް ކުރުމަށް ރާވައި، އެކަމަށް ހިތްވަރުދިންކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ކްރިމިނަލް ކޯޓުގެ ނަންބަރު: 145-J/ECA/2020/701 (14 ނޮވެންބަރު 2020) ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު: 145-J/ECA/2020/790 (15 ޑިސެންބަރު 2020) އަމުރުން މީނާގެ މައްޗަށް މީނާ ބޭނުންކުރާ ފޯނުތަކާއި، ސިމް ކާޑުތަކާއި، މެމޮރީ ކާޑުތަކާއި، އެ ތަކެތީގެ ފިން ނަންބަރު، ޕާސްވޯޑް، ލޮކް ކޯޑު، ލޮކް ޕެޓާރން، ފޭޝިއަލް ރިކޮގްނިޝަން އަދި ފިންގަރ ޕްރިންޓް ފުލުހުންނަށްދީ، އެތަކެތި ހުޅުވައިދިނުމަށް މީނާގެ މައްޗަށް އަމުރު ކުރައްވާފައިވަނިކޮށް، މީނާ ބޭނުންކުރާ އެމްއައި ބްރޭންޑުގެ ފޯނުގެ ލޮކްކޯޑް ދިނުމަށް ފުލުހުން އެންގުމުން މީނާ ފުލުހުންނަށްދިން ލޮކް ކޯޑުން އެފޯނު ހުޅުވިފައި ނުވާތީއާއީ، އެ ފޯނުގައި ހުރި ކޮންޓެންޓް އެނަލައިޒްކުރުމަށްޓަކައި އެ ފޯނު ހުޅުވުމަށް ބޭނުންވާ ލޮކް ކޯޑު ފުލުހުންނަށް ނުދީ، ފޯނުގައި ހުރި ހެކި ފޮރުވައި، އެ ހެކި ހޯދުމަށް ފުލުހުންނަށް ހުރަސްއަޅާފައިވާތީ.
ޢަލީ އަރުހަމް މުޙައްމަދު
ޢަލީ އަރުހަމް މުޙައްމަދު އިތުރު ބަޔަކާއެކު، 2020 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން 11 ނޮވެންބަރު 2020 އާ ހަމައަށް، ދީނުގެ ނަމުގައި، ހައްދުފަހަނަ އަޅާފައިވާ ފިކުރެއް ކުރިއެރުވުމުގެ ގޮތުން، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް، އެމީހުންގެ ސަލަމާތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވުމަށާއި، މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސަރަހައްދެއްގައި އިންޕްރޮވައިޒްޑް އެކްސްޕްލޯސިވްސް ޑިވައިސް (އައި.އީ.ޑީ) އެއް ހަދައިގެން، 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި، އެ އައިއީޑީ ދިވެހިރާއްޖޭގެ ސަރަހައްދެއްގައި ގޮއްވާލުމަށް ރާވާފައިވާތީ.
ޢަލީ އަރުހަމް މުޙައްމަދު އިތުރުބަޔަކާއެކު، 11 ނޮވެންބަރު 2020 ދުވަހުގެ 23:35 އެހައިކަށްހައިއިރު، ތ. ތިމަރަފުށީގައި ހަރަކާތްތެރިވަމުން އަންނަ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ބޭނުންކުރާ ނަސާޙް 3 ދޯނީގައި އިމްޕްރިވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) އެއް ހެދުމަށްފަހު އައި.އީ.ޑީ ގޮއްވާލާ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޢަލީ އަރުހަމް މުޙައްމަދުގެ ބައިވެރިވުމެއް ވާކަމަށް ބެލެވޭތީއާއި، ޢަލީ އަރުހަމް މުޙައްމަދު ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާޢަތްތަކަށް ތާއީދުކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ތަމްރީން ލިބިގަނެ، ޓެރަރިޒަމަށް ހިތްވަރު ދެމުން ދާކަމުގެ ތުހުމަތުކުރެވުނު މައްސަލައިގައި، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން، މީނާ ދިރިއުޅެމުން ދިޔަ ކ. މާލެ، ގ. ޕިންކުގޭގެ 5 (ފަހެއް) ވަނަ ފަންގިފިލާގެ އެޕާރޓްމަންޓް ބަލައިފާސްކުރިއިރު، އެ އެޕާރޓްމަންޓް އަށް ވަންނައިރުގައި ވާތްފަރާތުން ދެވަނައަށް ހުރި ކޮޓަރީގެ ވާތް ފަރާތުގެ ކަބަޑު މަތިން ފެނުނު ވީވޯ ބްރޭންޑްގެ މޮބައިލް ފޯނާއި، 14 ނޮވެންބަރު 2020 ދުވަހުގެ 14:20 އެހައިކަށްހައިއިރު، ޢަލީ އަރުހަމް މުޙައްމަދު ރ. ދުވާފަރުގައި ދިރިއުޅޭ ރ. ދުވާފަރު، ނަންބަރު 60.10 ގެ ބަލއިފާސްކުރިއިރު، އެގޭގެ އިރުމަތީ ފަރާތު ބައިގައި ގޯތި ތެރޭގެ އިރުމަތީ ފާރާތު ފާރުކައިރީގައި ހައްދާފައި ހުރި ގަސްތަކުގެ ވަށައިގެން އަތުރާފައި ހުރި އެޅިގައުތަކުގެ ތެރެއިން އެޅިގަލެއްގެ ތެރެއިން ހުދުކުލައިގެ ކުޑަ ކޮތަޅެއްގެ ތެރޭގައި އޮތް ސެމްސަންގް ބްރޭންޑްގެ 16GB މެމޮރީ ކާޑް ތަޙްލީލު ކުރިއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު: (IUL)1-LAO/1/2019/92 (31 އޮކްޓޫބަރު 2019) ޤަރާރުން ޓެރަރިސްޓް ޖަމާއަތްތަކެއްކަމަށް ކަނޑައަޅާފައިވާ، އިސްލާމިކް ސްޓޭޓް އާއި އަލް ޤައިދާއަށް ތާޢީދުކުރާކަން ދޭހަކޮށްދޭ، ލިޔުންތަކާއި ވީޑިއޯ ފެނިފައިވާތީ.
ޢަލީ އަރުހަމް މުޙައްމަދު، 2020 ވަނަ އަހަރުގެ ތެރޭގައި އިތުރުބަޔަކާ ބައިވެރިވެގެން، ތ. ތިމަރަފުށީގައި ހަރަކާތްތެރިވަމުން އަންނަ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ބޭނުންކުރާ ނަސާޙް 3 ދޯނީގައި އިމްޕްރިވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) އެއް ހެދުމަށްފަހު އައި.އީ.ޑީ ގޮއްވާލާ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޢަލީ އަރުހަމް މުޙައްމަދުގެ ބައިވެރިވުމެއް ވާކަމަށް ބެލެވޭތީއާއި، ޢަލީ އަރުހަމް މުޙައްމަދު ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާޢަތްތަކަށް ތާއީދުކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ތަމްރީން ލިބިގަނެ، ޓެރަރިޒަމަށް ހިތްވަރު ދެމުން ދާކަމުގެ ތުހުމަތުކުރެވުނު މައްސަލައިގައި، ޢަލީ އަރުހަމް މުޙައްމަދު ދިރިއުޅޭ ކ. މާލެ، ގ. ޕިންކްގޭގެ 5 (ފަހެއް) ވަނަ ފަންގިފިލާގައި ހުންނަ އެޕާރޓްމަންޓު ބަލައި ފާސްކުރިއިރު ފެނުނު ވީވޯ ބްރޭންޑްގެ މޮބައިލް ފޯނު ތަޙްލީލު ކުރިއިރު، ޓެރަރިސްޓް ޖަމާޢަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓަށް ތަޢީދުކުރާ ފޮޓޯއާއި ވީޑިއޯ ފެނިފައިވާތީއާއި، އެ ޖަމާޢަތުގެ ގޮތްޕެއް ކަމުގައިވާ އައިސް-ކޭ ޚުރާސަން ޕްރޮވިންސްގައި އޮންނަ ގައުމެއް ކަމުގައިވާ ޕާކިސްތާނަށް ދިއުމާ ބެހޭ ގޮތުން މަޢުލޫމާތު ހޯދާފައިވާ ކަމާއި، އެ ގައުމުގައި ދިރިއުޅުގެ ޚަރަދާއި ކުލީގެ އަގުތައް ބަލައިފައިވާތީއާއި، އެ ސަރަހައްދަށް ދާނެ މަގު ދިރާސާކޮށް، 06 ނޮވެންބަރު 2020 ދުވަހު ރ. ދުވާފަރުން ފުރައިގެން މާލެ އައިސް، މީނާގެ ޕާސްޕޯޓު ހައްދައި، އިސްލާމިކް ސްޓޭޓްގެ ޚޮރާސަން ޕްރޮވިންސްގައި ހިންގާ ހަނގުރާމައިގައި ބައިވެރިވުމަށް ދާން އުޅެފައިވާތީ.