މައްސަލައިގެ ތަފްސީލް
ކުރެވުނު ދަޢުވާ
މުޙައްމަދު މާނިޢު
ޢަބްދުލްވާޙިދު ރިފާސް
ޢަބްދުލްވާޙިދު ރިފާސް، އިތުރު މީހަކާއެކު، 6 އެޕްރީލް 2023 ދުވަހުގެ ދަންވަރު 01:00 އާއި 03:30 އާ ދެމެދުގެ ވަގުތެއްގައި ނ.މަނަދޫ، އަންނާރުމާގޭގައި އެގޭ، ނަޢީމާ މޫސާ މަރާލުމަށްފަހު، ނ.މަނަދޫ ނާމަގު ސަރަޙައްދަށްގޮސް، އެތަނުގައި ވަޅެއް ކޮނެ، އެ ޢަމަލު ހިންގުމަށް ބޭނުންކުރި ވަޅިތަކާއި، އަންގިތަކާއި، މާސްކުތަކާއި، އިސްޓާކީނުތަކާއި، އެ ޢަމަލު ހިންގިއިރު ލައިގެން ތިބި ޓީޝާރޓާއި ޖީންސުތައް އެވަޅަށް އެޅުމަށްފަހު، ޕެޓްރޯލް އަޅައި އަންދާލާފައިވާތީ.
އަޚުޒަމް ޢަބްދުއްޝަކޫރު
އަޚުޒަމް ޢަބްދުއްޝަކޫރު، އިތުރު މީހަކާއެކު، 6 އެޕްރީލް 2023 ދުވަހުގެ ދަންވަރު 01:00 އާއި 03:30 އާ ދެމެދުގެ ވަގުތެއްގައި ނ.މަނަދޫ، އަންނާރުމާގެއަށް ވަދެ، އެގޭގެ ކޮޓަރިއެއްގައި އެގޭ ނަޢީމާ މޫސާ ނިދާފައި އޮއްވައި، ނަޢީމާ މޫސާގެ ކަރަށާއި، ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ، ނަޢީމާ މޫސާ މަރާލާފައިވާތީ.
އަޚުޒަމް ޢަބްދުއްޝަކޫރު، އިތުރު މީހަކާއެކު، 6 އެޕްރީލް 2023 ދުވަހުގެ ދަންވަރު 01:00 އާއި 03:30 އާ ދެމެދުގެ ވަގުތެއްގައި ނ.މަނަދޫ، އަންނާރުމާގޭގައި، އެގޭ ނަޢީމާ މޫސާ މަރާލުމަށްފަހު، ނ.މަނަދޫ ނާމަގު ސަރަޙައްދަށްގޮސް، އެތަނުގައި ވަޅެއް ކޮނެ، އެ ޢަމަލު ހިންގުމަށް ބޭނުންކުރި ވަޅިތަކާއި، އަންގިތަކާއި، މާސްކުތަކާއި، އިސްޓާކީނުތަކާއި، އެ ޢަމަލު ހިންގިއިރު ލައިގެން ތިބި ޓީޝާރޓާއި ޖީންސުތައް އެވަޅަށް އެޅުމަށްފަހު، ޕެޓްރޯލް އަޅައި އަންދާލާފައިވާތީ.
ޙަސަން ފަވާޛު
ޙަސަން ފަވާޛު، ނ.މަނަދޫ، ނަޢީމާ މޫސާއަކީ ސިހުރު ހަދާ މީހެއްކަމަށް ބުނެ އޭނާ މަރާލުމަށް ގަސްތުކޮށް އެކަން ކުރާނެ ގޮތް ރާވައި، ނަޢީމާ މޫސާ މަރާލުމަށްޓަކައި ނ.މަނަދޫ، ފެހިވިލާގެ، އަޚުޒަމް ޢަބްދުއްޝަކޫރުއާއި، ނ.މަނަދޫ، ފިނިފެންމާގެ، ޢަބްދުލްވާޙިދު ރިފާސް ހަމަޖައްސައި، ސިހުރު ހަދާ މީހުން ގަތުލުކުރުމަކީ އެމީހުން ފާފަވެރިވާނެކަމެއް ނޫންކަމަށް ވިސްނައިދީ، އެދެމީހުން މެދުވެރިކޮށް އެކަންކުރުވައި، އެކަމުގައި މީނާ ޢަމަލީ ގޮތުން ބައިވެރިވެފައިވާތީ. އެގޮތުން، ޙަސަން ފަވާޛް ނަޢީމާ މޫސާ މަރާލުމަށް ދުވަހެއް ކަނޑައަޅައި، އެ ޢަމަލު ހިންގުމަށް ބޭނުންވާ ތަކެތި ހޯދައިދީ، 6 އެޕްރީލް 2023 ދުވަހުގެ ދަންވަރު 01:00 އާއި 03:30 އާ ދެމެދުގެ ވަގުތެއްގައި މީނާ ދުއްވާ ރަޖިސްޓްރީ ނަންބަރު: AB1A P5068 ކާރުގައި އެމީހުން ނ.މަނަދޫ، އަންނާރުމާގެއަށް ގެންގޮސް، އެމީހުން ނަޢީމާ މޫސާއަށް ހަމަލާދޭން އެގެއަށް ވަނީއްސުރެ ނަޢީމާ މޫސާ މަރާލަންދެން އެމީހުންނަށް ފޯނުން ގުޅައިގެން އިރުޝާދުދީ، އެމީހުން އެއްބަސްވެފައިވާ ގޮތަށް އަޚުޒަމް ޢަބްދުއްޝަކޫރު އާއި ޢަބްދުލްވާޙިދު ރިފާސް ނަޢީމާ މޫސާގެ ކަރަށާއި ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ، ނަޢީމާ މޫސާ މަރާލުމުން، އެމީހުން ބަލައި އަންނާރުމާގެއަށް ގޮސް އެމީހުން ގޮވައިގެން ހެކި ނައްތާލުމަށްޓަކައި ނ.މަނަދޫ ނާމަގު ސަރަޙައްދަށް ގެންގޮސްދީ، އެމީހުން ހެކި ނައްތާ ނިމުމުން، ނާމަގު ސަރަޙައްދަށް ބަލައިގޮސް އެމީހުންގެ ގެއަށް ގެންގޮސްދީ، ނަޢީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން އެމީހުންނަށް މަސްތުވާތަކެތި ފޯރުކޮށްދީފައިވާތީ.
ޙަސަން ފަވާޛު، 6 އެޕްރީލް 2023 ދުވަހުގެ ދަންވަރު 01:00 އާއި 03:30 އާ ދެމެދުގެ ވަގުތެއްގައި ނ.މަނަދޫ، ފެހިވިލާގެ، އަޚުޒަމް ޢަބްދުއްޝަކޫރު އާއި ނ.މަނަދޫ، ފިނިފެންމާގެ، ޢަބްދުލްވާޙިދު ރިފާސް ނ.މަނަދޫ، އަންނާރުމާގޭގައި އެގޭ ނަޢީމާ މޫސާ މަރާލުމަށްފަހު އެގެއިން ނިކުތުމުން، މީނާ ދުއްވާ ރަޖިސްޓްރީ ނަންބަރު: AB1A P5068 ކާރުގައި އެމީހުން ނ.މަނަދޫ ނާމަގު ސަރަޙައްދަށް ގެންގޮސް، މީނާ އެމީހުންނަށް ޕެޓްރޯލް އަޅާފައި ހުރި ފުޅިއެއް ދިނުމުން، އެމީހުން އެތަނުގައި ވަޅެއް ކޮނެ، އެ ޢަމަލު ހިންގުމަށް ބޭނުންކުރި ވަޅިތަކާއި، އަންގިތަކާއި، މާސްކުތަކާއި، އިސްޓާކީނުތަކާއި، އެ ޢަމަލު ހިންގިއިރު ލައިގެން ތިބި ޓީޝާރޓާއި ޖީންސުތައް އެވަޅަށް އެޅުމަށްފަހު، ޕެޓްރޯލް އަޅައި އަންދާލާފައިވާތީ އާއި، އެކަންކޮށް ނިމުމުން، ނާމަގު ސަރަޙައްދަށް އަލުން އެމީހުން ބަލައިގޮސް އެމީހުންގެ ގެއަށް ގެންގޮސްދީފައިވާތީ އާއި، މިމައްސަލައިގެ ތުހުމަތުގައި 26 މޭ 2023 ދުވަހު 18:00 އެހައިކަށްހައިއިރު ޢަބްދުލްވާޙިދު ރިފާސް ހައްޔަރު ކުރުމާ ގުޅިގެން އެދުވަހުގެ 19:55 ގައި މީނާ އާ ފޯނެއް ގަނެ، މީނާ ކުރިން ގެންގުޅުނު ފޯނު ނައްތާލާފައިވާތީ.