މައްސަލައިގެ ތަފްސީލް
ކުރެވުނު ދަޢުވާ
ޢަލީ ޖުމާން
ޢަލީ ޖުމާން، 13 މޭ 2026 ދުވަހުގެ 22:25 އެހައިކަށްހައިއިރު، އަލިކިލޭގެފާނުމަގު، ޑިއުލެކްސް ފިހާރަ ކުރިމަތީގައި ކުރިއަށް ގެންދިޔަ އެއްވުމުގައި، އެއްވުމުގެ ބައިވެރިން ގްރީންޒޯނާއި ދިމާލަށް ނުދެވޭނެގޮތަށް ބެރިކޭޑްޖަހައި ހުއްޓުވުމުން، ފުލުހުންގެ އިރުޝާދާ ޚިލާފަށް އެއްވުމުގެ ބައިވެރިންނާއެކު މީނާ ފުލުހުންނާ ކުރިމަތިލައި، މީނާގެ އަތުން އެވަަގުތު ޑިއުޓީގައި ހުރި ސާޖަންޓް މުޙައްމަދު ރިފްޢަތު (ސ.ނ: 5409) ގެ ވާތު ފަޅީ ކަރުމަތީގައި (ކަންކަށިމަތީގައި) ޖަހާފައިވާތީ.
ޢަބްދުﷲ ޝަރީފް
ޢަބްދުﷲ ޝަރީފް، 14 މޭ 2026 ދުވަހުގެ 00:28 އެހައިކަށްހައިއިރު، ޗާންދާނީމަގާ، މަޖިދީމަގު ގުޅުނު ޖަންކްޝަން ސަރަޙައްދުގައި ކުރިއަށް ގެންދިޔަ އެއްވުމުގައި، އެއްވުމުގެ ބައިވެރިން ގްރީންޒޯނާއި ދިމާލަށް ނުދެވޭނެގޮތަށް ބެރިކޭޑްޖަހައި ހުއްޓުވުމުން، ފުލުހުންގެ އިރުޝާދާ ޚިލާފަށް އެއްވުމުގެ ބައިވެރިންނާއެކު މީނާ އެ ސަރަހައްދު ދޫކޮށް ނުގޮސް، އެވަަގުތު ޑިއުޓީގައި ހުރި ކޮނަސްޓަބަލް އަހްމަދު ޖަޒްލާން ޢަރީފް (ސ.ނ: 7105) ގެ ލޯމަތީގައި ގޮށްމުށުން ޖަހައި، އޭނާގެ ކަނާތު ފަރާތު ކަންފަތާ ދިމާލުގައި މީނާގެ އަތުން ވަކިއަޅައި ޒަހަމްކޮށްލުމުން އޭނާއަށް އަނިޔާވެފައިވާތީ.