މައްސަލައިގެ ތަފްސީލް
ކުރެވުނު ދަޢުވާ
ސަޢުދު ޢަލީ
ސަޢުދު ޢަލީ، 17 މޭ 2021 ފެށިގެން ގދ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުރެ، ގދ. ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ލިބުމަށް ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ޖަދުވަލު 2 ގެ 1 ވަނަ ނަންބަރުގެ ދަށުން ފުރިހަމަވާންޖެހޭ ޝަރުޠު (ސިޓީއެއް ކަމުގައި ކަނޑައަޅާ ރަށުގެ ނުވަތަ ރަށްތަކުގެ ރަޖިސްޓަރީވެފައިވާ އާބާދީ 10,000 (ދިހަހާސް) އަށްވުރެ ދަށްނުވުން) ފުރިހަމަވާ ރަށެއް ގޮތުގައި ދެއްކުމުގެ ގޮތުން، މީނާ ސޮއިކޮށް ފޮނުވި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ ނަންބަރު: 415/221/2022/24 (4 ސެޕްޓެންބަރު 2022) ސިޓީއާއެކު ލޯކަލް ގަވަރމަންޓު އޮތޯރިޓީއާ ހިއްސާކުރި އާބާދީ ލިސްޓުގައި މަރުވެފައިވާ މީހުންގެ މަޢުލޫމާތާއި، ޞައްޙަކަން ކަށަވަރުނުކުރެވޭ މަޢުލޫމާތު ހިމަނާފައިވާތީ، ލިސްޓުގައިވާ އެންމެންގެ އައިޑީ ކާޑު ނަންބަރު ހިމެނޭ ޞައްޙަ ލިސްޓެއް ހިއްސާކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު: 221-LMI/415/2022/19 (7 ޑިސެންބަރު 2022) ސިޓީން ކައުންސިލްގައި އެދުމުން، މީނާ ސޮއިކޮށް ފޮނުވި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ ނަންބަރު: 415/221/2023/9 (14 އޮގަސްޓު 2023) ސިޓީއާއެކު ލޯކަލް ގަވަރމަންޓު އޮތޯރިޓީއާ ހިއްސާކުރި އާބާދީ ލިސްޓުގައި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މަޢުލޫމާތާއި، އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައި، ގދ. ތިނަދޫގެ އާބާދީއަކީ 10,150 (ދިހަ ހާސް އެއް ސަތޭކަ ފަންސާސް) މީހުންކަމަށް ބުނެ، ޞައްޙަނޫން ލިސްޓެއް ލޯކަލް ގަވަރމެންޓް އޮތޯރިޓީއާ ހިއްސާކޮށްފައިވާތީ.
ގދ. ތިނަދޫ ކައުންސިލުން އެރަށަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ ކަމާގުޅުން ހުރި އިދާރާތަކަށް އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ޞައްޙަ ނޫން މަޢުލޫމާތު ޙިއްޞާކޮށްފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައިގެ ތަޙުޤީޤުގައި، ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެ ކައުންސިލުން ދައުލަތުގެ އިދާރާތަކަށް ހުށަހެޅި އާބާދީ ލިސްޓުތަށް ޙިއްޞާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެ ކައުންސިލްގައި އެދުމުން، އެ ކައުންސިލްގެ ރައީސްގެ ޙައިޞިއްޔަތުން ސަޢުދު ޢަލީ ސޮއިކޮށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ނަންބަރު: 415/221/2022/24 (04 ސެޕްޓެންބަރު 2022) އަދި ނަންބަރު: 415/221/2023/9 (14 އޮގަސްޓު 2023) ސިޓީތަކާއެކު ލޯކަލް ގަވަރމެންޓް އޮތޯރިޓީއާ ހިއްސާކޮށްފައިވާ އާބާދީ ލިސްޓުތައް ދިވެހި ފުލުހުންގެ ޚިދުމަތަށް ފޯރުކޮށްނުދީ، މީނާ ސޮއިކޮށް ފޮނުވި ތިނަދޫ ކައުންސިލްގެ އިދާރާގެ ނަންބަރު: (MSG)415/171/2025/23 (17 ޑިސެންބަރު 2025) ފެކްސް މެސެޖުން، ގދ. ތިނަދޫ ކައުންސިލުން ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ އިދާރާތަކަށް ލިސްޓެއް ފޮނުވިކަން ރެކޯޑު ކުރެވިފައިނުވާކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތަށް ދޮގު މަޢުލޫމާތު ދީފައިވާތީ.