ޕްރޮސިކިއުޓަރ ޖެނެރަލްގެ އެކެޑެމީ
ތަޢާރުފް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އެކެޑެމީއަކީ މި އޮފީހުގެ މުވައްޒަފުންގެ ޓްރެއިނިންއާއި ޕްރޮފެޝަނަލް ޑިވަލޮޕްމަންޓާބެހޭ އެންމެހައި ކަންކަން ބެލެހެއްޓުމަށްޓަކައި ޤާއިމުކޮށްފައިވާ އިންސްޓިޓިއުޓްއެކެވެ.
އެކެޑެމީގެ މައިގަނޑު މަސައްކަތްތައް
- މި އޮފީހުގެ މުވައްޒަފުންގެ ފަންނީ ޤާބިލުކަން ކުރިއެރުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ޕްރޮސިކިއުޓަރުންނާއި، ޕްރޮސިކިއުޝަން ސަޕޯޓް އަދި އިދާރީ މުވައްޒަފުންގެ ޓްރެއިނިންގއާބެހޭ އެންމެހައި ކަންކަން ބަލަހައްޓައި ވިލަރެސްކުރުން.
- ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިދާރާތަކާއި މި އޮފީހާ ދެމެދު ޢިލްމާއި ތަޖުރިބާ ހިއްސާކުރުމުގެ ކަންކަން ބަލަހައްޓައި ވިލަރެސްކުރުން.
- އޮފީހުގެ މަސައްކަތްތަކާ ގުޅުންހުރި ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުމާއި، އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުން.
- އެހެން އިދާރާތަކުން ބާއްވާ ތަމްރީނު ޕްރޮގްރާމްތަކަށް މި އޮފީހުން ދޭންޖެހޭ ފަންނީ އެހީތެރިކަން ދިނުން.
- މި އޮފީހުގެ މަސައްކަތާ ގުޅުންހުރި ފަންނީ ދިރާސާތައް ކުރުން.
އެކެޑެމީން އިންތިޒާމުކުރާ ތަމްރީނު ޕްރޮގްރާމްތައް
ތަމްރީނު ޕްރޮގްރާމެއް އިތުރުކުރެވިފައި ނެތް
އެކެޑެމީން ބައިވެރިވާ ތަމްރީނު ޕްރޮގްރާމްތައް
| ނަން | އިންތިޒާމްކުރި ފަރާތް | ފެށުނު ތާރީޚް | ނިމުނު ތާރީޚް |
|---|---|---|---|
| ހެއްކާބެހޭ ޤާނޫނާ ގުޅޭ ތަމްރީނު | މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކެޑަމީ | 23 އޯގަސްޓު 2026 | 24 އޯގަސްޓު 2026 |
މި އޮފީހުގެ މުވައްޒަފުން ބައިވެރިވާ ތަމްރީނު ޕްރޮގްރާމްތައް
ތަމްރީނު ޕްރޮގްރާމެއް އިތުރުކުރެވިފައި ނެތް