އާމަހި
އާމަހި ވެބްސައިޓަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ދުވަހުން ދުވަހަށް ކުރާ، މައިގަނޑު ހުރިހާ މަސައްކަތަކާބެހޭ މަޢުލޫމާތު، އާންމުންނަށް ބެލޭނޭ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުކުރި ވެބްސައިޓެކެވެ. ކޮންމެ ދުވަހަކު، ތަޙްޤީޤީ އިދާރާތަކުން ޕީޖީ އޮފީހާ މަޝްވަރާކުރާ މައްސަލަތަކާއި، އޮފީހުން ކޯޓަށް ހުށަހަޅާ މައްސަލަތަކާއި، ކޯޓުގައި މައްސަލަ ތާވަލުކުރާ ގޮތާއި، މައްސަލަތައް ނިމޭ ގޮތާބެހޭ ހުރިހާ މަޢުލޫމާތެއް ވެބްސައިޓުން ފެންނާނެއެވެ. އެމަޢުލޫމާތުތައް، ކޮންމެ 6 ގަޑިއިރަކުން އެއްފަހަރު އަދާހަމަ ކުރެވެމުންދާނެއެވެ. ވެބްސައިޓަށް މަޢުލޫމާތު ނަގަނީ، ޕީޖީ އޮފީހުގެ ކޭސްމެނޭޖްމަންޓް ސޮފްޓްވެއަރއިން އޮޓޮމެޓިކުން ކަމަށްވާތީ، މިއީ، ވަކި މީހަކު ނުވަތަ ބަޔަކު ބޭނުންވެގެން، ވަކި ގޮތަކަށް ބަދަލު ކުރެވޭނެ މަޢުލޫމާތެއްވެސް ނޫނެވެ.
ޑިއުޓީ ޕްރޮސިކިއުޝަނަށް ތާވަލުކުރެވުނު މައްސަލަތައް
ޑިއުޓީ ޕްރޮސިކިއުޝަނަށް ތާވަލުކުރެވުނު މައްސަލަތަކުގެ ބާވަތްތަކާއި، މައްސަލަ ތާވަލުކުރި ތަހްޤީޤީ އިދާރާއާއި، ޑިއުޓީ ޕްރޮސިކިއުޝަނަށް ތާވަލުކުރެވުނު މައްސަލަތަކުގެ ހާލަތާއި، ޑިއުޓީ ޕްރޮސިކިއުޝަން ތާވަލުތަކުގެ ހާލަތާ ބެހޭ މަޢުލޫމާތު
ބައްލަވާލެއްވުމަށްޕީޖީ އޮފީހަށް ބަލައިގަތް މައްސަލަތައް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި މައްސަލަތަކުގެ ބާވަތްތަކާއި، ބަލައިގަތް މައްސަލަ ހުށަހެޅި ތަހްޤީޤީ އިދާރާއާ ބެހޭ މަޢުލޫމާތު
ބައްލަވާލެއްވުމަށްކޯޓަށް ހުށަހަޅާފައިވާ ދައުވާތައް
ދައުވާ އުފުލި ކުށުގެ ބާވަތާއި، ދައުވާ ހުށަހެޅި ކޯޓުތައް އަތޮޅުތަކަށް ބަހާލައިގެން ދައްކުވައިދޭ މަޢުލޫމާތު
ބައްލަވާލެއްވުމަށްކޯޓުގައި ތާވަލުކުރެވިފައިވާ މައްސަލަތައް
ކޯޓުގައި ތާވަލުކުރެވިފައިވާ މައްސަލަތަކުގެ ބާވަތްތަކާއި، މައްސަލަ ތާވަލުކުރެވިފައިވާ ކޯޓުތައް އަތޮޅުތަކަށް ބަހާލައިގެން ދައްކުވައިދޭ މަޢުލޫމާތު
ބައްލަވާލެއްވުމަށްހުކުމް ކުރެވިފައިވާ ދައުވާތައް
ހުކުމްގެ ބާވަތްތަކާއި، އަތޮޅުތަކަށް ބަހާލައިގެން ހުކުމްކުރެވުނު މިންވަރާއި، ކުށުގެ ބާވަތަށް ބަހާލައިގެން ހުކުމްތަކާ ބެހޭ މަޢުލޫމާތު
ބައްލަވާލެއްވުމަށް