ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު، "ޕީޖީއޯ 2.0" ލޯންޗުކޮށްފި
11 އޮގަސްޓް 2026

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު، "ޕީޖީއޯ 2.0" މިއަދު ލޯންޗުކޮށްފިއެވެ.
މިއަދު، 11 އޮގަސްޓު 2026 ދުވަހު ބާސެލޯ ގައި އޮތް ޙަފްލާއެއްގައި ޕީޖީއޯ 2.0 ލޯންޗުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ޕީޖީއޯ 2.0 ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް، އޮފީހުގެ މަސައްކަތުގައި ޕްރޮސިކިއުޝަން މަސައްކަތަށް ޚާޢްޞަ ސޮވްރިން އޭއައި ބޭނުންކުރަން ފެށޭނެއެވެ. އަދި މި އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއަށް އޭއި އިންޓަގްރޭޓްކުރެވޭނެއެވެ.
ޕީޖީއޯ 2.0 އާ ގުޅޭ އެންމެހައި މަޢުލޫމާތު މި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. ޕީޖީއޯ 2.0 ލޯންޗުކުރުމަށް ބޭއްވި ޙަފްލާގައި، މި އޮފީހުގެ އައު ވެބްސައިޓު pgo.mv ލޯންޗުކޮށްފައިވެއެވެ. އަދި މި އޮފީހުން ރައްޔިތުންނާއި، ދައުލަތުގެ އިދާރާތަކަށް ދޭ އެންމެހައި ޚިދުމަތްތައް ޑިޖިޓަލްކޮށް ލިބޭގޮތަށް ތަޢާރަފްކޮށްފައިވާ އީ-ދޮރޯށި ރަސްމީކޮށް ލޯންޗްކޮށްފައިވެއެވެ.
މީގެ އިތުރުން، 2023 ވަނަ އަހަރު ޢަމަލުކުރަން ފެށި ހެއްކާބެހޭ ޤާނޫނާ ގުޅޭގޮތުން މި އޮފީހުން ލިޔެ ޝާއިޢުކުރާ ފޮތް - އެވިޑެންސް: އަ ޕްރެކްޓިޝަނަރސް ގައިޑް ފޮތް މި ޙަފްލާގައި ނެރެފައިވެއެވެ. މި ފޮތް ރަސްމީކޮށް ނެރެދެއްވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޢަބްދުލްޣަނީ މުޙައްމަދެވެ.
އިތުރު ޚަަބަރުތައް


