ހެއްކާބެހޭ ޤާނޫނުގެ މައްޗަށް މި އޮފީހުގެ އެކެޑަމީން ލިޔެފައިވާ "އެވިޑެންސް - އަ ޕްރެކްޓިޝަނަރސް ގައިޑް" ފޮތް ނެރެފި

13 އޮގަސްޓް 2026

ހެއްކާބެހޭ ޤާނޫނުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އެކެޑަމީން ލިޔެފައިވާ "އެވިޑެންސް: އަ ޕްރެކްޓިޝަނަރސް ގައިޑް" ފޮތް ނެރެފިއެވެ.

މި އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު "ޕީޖީއޯ 2.0" އިފްތިތާާޙްކުރުމަށް 11 އޮގަސްޓު 2026 ގައި ބާސެލޯ، ނަސަންދްރަގައި ބޭއްވި ޙަފްލާގައި މި ފޮތް ރަސްމީކޮށް ނެރެދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޢަބްދުލްޣަނީ މުޙައްމަދެވެ. 

މި އޮފީހުގެ ޕްރޮސިކިއުޓަރުންނާއި، ބޭރުގެ ހެއްކާބެހޭ އެކްސްޕާރޓުންގެ އެހީތެރިކަމާއެކު، މި ފޮތް ލިޔުމުގެ މަސައްކަތް އިސްކޮށް ވިލަރެސްކުރެއްވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދް ސަލީމެވެ. މި ފޮތުގައި ހެއްކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތައް މާނަކޮށް، ތަޠުބީޤުކުރާނެ ގޮތާއި، މިނިވަން ދީމިޤްރާތީ ޤައުމުތުގައި ޢަމަލުކުރާ ހެއްކާބެހޭ އުޞޫލުތަކަށް ތަފްޞީލުކޮށް އަލިއަޅުވާލާފައިވެއެވެ. 

"އަޅުގަނޑުމެން މިއަދު މި ނެރޭ ފޮތުގެ މައިގަނޑު ބޭނުމަކީ ހެއްކާބެހޭ ޤާނޫނުގެ އުޞޫލުތައް ޢަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް އޮޅުންފިލުވައިދިނުން. ޢަމަލުކުރާ ގޮތާއި މާނަކުރާ ގޮތް އެއްގޮތްކުރުން. މިއީ ހަމައެކަނި ޕްރޮސިކިއުޝަނަށް ޚާއްސަ ފޮތެއް ނޫން. ފަނޑިޔާރުންނާއި، ދިފާޢީ ވަކީލުންނާއި، ތަޙުޤީޤީ އިދާރާތަކުގެ އިތުރުން، ޤާނޫނު ކިޔަވާ ދަރިވަރުންނާއި، ދިރާސާކުރައްވާ ބޭފުޅުންނަށްވެސް ބޭނުންތެރި، އިތުބާރު ހުރި މަޞްދަރަކަށް މިފޮތް ވެގެންދާނެ" - އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ސާމީ، ޑިރެކްޓަރ، ޕީޖީ އެކެޑަމީ 

މި ފޮތް ޕްރީ އޯޑަރަށް މިހާރު ވާނީ ހުޅުވާލާފައެވެ. 

ހާރޑް ކަވަރ ފޮތް - 1200 ރުފިޔާ

ސޮފްޓް ކަވަރ ފޮތް - 990 ރުފިޔާ 

މި ފޮތް ޕްރީ އޯޑަރ ކުރައްވާ ޖުޑީޝަރީގެ މުވައްޒަފުންނާއި، ޤާނޫނު ކިޔަވާ ދަރިވަރުންނަށް 20 އިންސައްތަ ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ. 

ފޮތް ޕްރީއޯޑަރ ކުރެއްވުމަށް މި ލިންކަށް ވަޑައިގަންނަވާ:

https://docs.google.com/forms/d/e/1FAIpQLSdjM-WggqC33PP7HLahMvoqzfQk6t3o91S3AAerpIm4T5KrOA/viewform