ލެތުން

ލެތުންއަކީ ޖިނާއީ ޢަދުލުގެ ނިޒާމު ހިންގުމުގައި ބަލައި، ދިރާސާކޮށް، ޙަވާލާދީ، ޢަމަލުކުރަންޖެހޭ އެންމެހައި ޤާނޫނުތަކާއި ގަވާއިދުތަކާއި، މަތީ މަރްޙަލާގެ ކޯޓުތަކުގެ ނިންމުންތަކާއި، މެމޯތަކާއި އިރުޝާދުތަކާއި ޢަމަލުކުރާ އުޞޫލުތައް، އެއްތަނަކުން ފެންނާނޭގޮތް ހެދުމަށްޓަކައި އުފައްދާ ޑާޓާބޭސްއެކެވެ.

އާމަހި

އާމަހި ވެބްސައިޓަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ދުވަހުން ދުވަހަށް ކުރާ، މައިގަނޑު ހުރިހާ މަސައްކަތަކާބެހޭ މަޢުލޫމާތު، ޢާންމުންނަށް ބެލޭނޭ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުކުރި ވެބްސައިޓެކެވެ.

  • އޮފީހަށް ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތައް އޮފީހަށް ހާޒިރުވެ ހުށަހެޅުމުގެ ބަދަލުގައިpgoffice@pgoffice.gov.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުން.
  • ކުށުގެ ރެކޯޑު ސާފުކުރުމަށްޓަކައި ކުށުގެ ރެކޯޑް ފޯމާއި، އައިޑީ ކާޑުގެ ކޮޕީ criminalrecord@pgoffice.gov.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުން.
  • ސީދާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް ގެންނަވަން ބޭނުންފުޅުވާ ކަމެއް އޮތްނަމަ concerns@pgoffice.gov.mv އަށް އީމެއިލް ކުރެއްވުން.


ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އުފެދުނީ 2008 އޮގަސްޓު 07 ވަނަ ދުވަހު ތަޞްދީޤްކުރި ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު ޕްރޮސިކިއުޓަރ ޖެނެރަލެއް ހުންނާންވާނޭކަމަށް ބަޔާންކޮށްފައިވުމާ ގުޅިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގައިވާ ގޮތުގެ މަތީންނެވެ.



ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާގޮތުގެ މަތީންކަމަށް ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބުނެފައިވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައްކަމަށް ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގައި ކަނޑައަޅާފައިވަނީ އަންނަނިވި ކަންކަމެވެ.

އިތުރަށް ވިދާޅުވުމަށް

ފަހުގެ ފޮޓޯ ގެލަރީތައް