| |
ENG PHONE: 300 0655

ސުވާލާއި ޖަވާބު

ޖިނާއީ މައްސަލަތައް ހިނގާ ގޮތް
ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އެޕޮއިންޓްމަންޓެއް ހޯދުން
ފޯނަށް ޖަވާބުދޭ ގޮތް
ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންގެ ދަފުތަރު
ނަޞޭޙަތުގެ / އިޢުތިރާފުގެ އެއްބަސްވުން
ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތައް
ތަޙްޤީޤު ހިނގާގޮތާމެދު ޝަކުވާއެއް އޮތުން
ކުށުގެ ޝިކާރައަކަށްވާ މީހުންނަށް ޤާނޫނުތަކުން ލިބިދޭ ފަރުވާ
ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކޮށްފައިވާ ކުށުގެ ރެކޯޑު ދޫކުރާ އުޞޫލު

ޕީޖީ އޮފީހުގެ ކައުންޓަރާ ގުޅޭނެ ނަންބަރަކީ 3000655 އެވެ. ކައުންޓަރުން ފޯނަށް ޖަވާބުދޭނީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު ފަހު 15:00 އާ ހަމައަށެވެ. ރަމަޟާންމަހު 09:00 އިން 13:00 އަށެވެ.


 ކައުންޓަރަށް އަންނަ ފޯނުތައް ކުރާ މީހުންގެ އައިޑީ ކާޑު ނަންބަރާއި، ފޯނު ނަންބަރާއި ގުޅާ ބޭނުން އަހާނެއެވެ. މިކަންތައް ކުރާނީ ޢާންމު ގޮތެއްގައި، ކައުންޓަރުގައި ތިބޭ މުވައްޒަފުންނެވެ.


ކޮންމެ ދުވަހެއްގެ ހެނދުނު އޮފީސް ހުޅުވާ ވަގުތުން ފެށީގެން 12:00 އާ ހަމައަށް އަންނަ ފޯނުކޯލުތަކަށް، އެދުވަހެއްގެ މެންދުރު  13:00 އާއި 14:00 އާ ދެމެދުގެ ވަގުތެއްގައި އަނބުރާ ގުޅާނެއެވެ. އޭގެ ކުރިންނެއް ނުގުޅާނެއެވެ.  ގުޅާއިރު، އެމީހަކު އެކަމަކާ މަޝްވަރާކުރަން ބޭނުންނަމަ ، ވަގުތުވެސް އަރުވާނެއެވެ.

 

މެންދުރު 12:00 އިން 15:00 އާ ދެމެދު ގުޅާ ކޯލުތަކަށް، އަނބުރާ ގުޅާނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9:00 އާއި 10:00 އާ ދެމެދުގެ ވަގުތެއްގައެވެ.

 

ފޯނުން އަނބުރާ ގުޅާނީ އެކަމަށް ޚާއްޞަ ޓީމަކުންނެވެ. އެޓީމުން، އެމީހަކަށް އަނބުރާ ގުޅާނީ، އެމީހަކު ގުޅި ކަމަކާބެހޭ މަޢުލޫމާތު ހޯދައިގެން، މާނަހުރި ޖަވާބެއް ދެވޭނެކަމުގެ އުއްމީދުގައެވެ. ގުޅާނީ އޮފީހުގެ ލޭންޑްލައިން ނަންބަރަކުންނެވެ. އެ ނަންބަރުގެ ފުރަތަމަ 4 ނަންބަރަކަށްވާނީ 3003 އެވެ. ފަހަތު ތިން ނަންބަރު ބައެއް ފަހަރު ބަދަލުވެދާނެއެވެ.


މީހަކަށް ބޮޑު ޖިސްމާނީ ގެއްލުމެއްވާ ޙާލަތުފަދަ، ޚާއްޞަ އިސްތިސްނާއީ ޙާލަތުތަކުގައާއި، ކޮންމެހެން ވަގުތުން ޖަވާބު ހޯދަން ބޭނުންވާ ކަންކަމުގައި، އެކަމެއްގެ އިޝާރާތެއ، ކައުންޓަރުން ފޯނަށް ޖަވާބުދޭ މުވައްޒަފުންނަށް ކުރެއްވުމުން، އިސްތިސްނާ ޙާލަތުތަކުގައި ވަގުތުން ޖަވާބު ދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ.


ކުށުގެ ރެކޯޑު ސާފުކުރުމާބެހޭ ކޯލުތަކަށް، ޢާންމު ގޮތެއްގައި ވަގުތުން ޖަވާބު އަރުވާނަމެވެ.


  ރަމަޟާންމަހު، ހެނދުނު 9:00 އިން ފެށިގެން ފެށިގެން 11:15 އާ ދެމެދު އަންނަ ފޯންކޯލުތަކަށް، އެދުވަހުގެ 11:30 އާއި 12:15 އާ ދެމެދުގެ ވަގުތެއްގައި ޖަވާބުދޭނަމެވެ. 11:15 ގެ ފަހުން އަންނަ ފޯނުކޯލުތަކަށް ޖަވާބުދޭނީ، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9:15 އާއި 10:00 އާ ދެމެދުގެ ވަގުތެއްގައެވެ. 

މިއީ، މިއޮފީހުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ޢާންމުންނަށް ފަސޭހައިން ދެނެގަނެވޭނޭގޮތް ހެދުމަށްޓަކައި ތައްޔާރުކޮށްފައިވާ ސުވާލާއި ޖަވާބުތަކެކެވެ. ސިކުނޑީގައި އޮތް ސުވާލެއްގެ ޖަވާބު މިތަނުން ލިބިވަޑައިނުގެންނެވިނަމަ، އެކަން އަޅުގަނޑުމެންނަށް އަންގަވައިދެއްވުން އެދެމެވެ. އޭރުން، އެސުވާލެއްގެ ޖަވާބު، އިރާދަކުރެއްވިއްޔާ، މިބަޔަށް އިތުރުކޮށްލާނަމެވެ. ސުވާލުތައް އީމެއިލް ކޮށްދެއްވާންވީ [email protected] އަށެވެ.
އިޢުލާން
1
ވަޒީފާ
1