މަޢުލޫމާތު ހޯދާ ލިބިގަތުން

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އޮނިގަނޑު
PGO Structure _ 24May2026(Office)
ސީދާ ގޮތެއްގައި ޢާންމު ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް

1. ކުށުގެ ރެކޯޑު ސާފުކޮށްދިނުން

ޚިދުމަތާ ގުޅޭ މަޢުލޫމާތު

ޚިދުމަތަށް އެދި ހުށަހެޅުމަށް

 

2. ޖިނާއީ ތަޙުޤީޤުތަކާބެހޭ ޝަކުވާ ބަލައިގަތުން

ޚިދުމަތާ ގުޅޭ މަޢުލޫމާތު

ޚިދުމަތަށް އެދި ހުށަހެޅުމަށް

މި އޮފީހުން ކުރާ މަސައްކަތަކާ ގުޅޭގޮތުން ޝަކުވާއެއް ނުވަތަ ޚިޔާލެއް އޮތްނަމަ، މި ވެބްސައިޓުގެ "ގުޅުއްވުމަށް" ޕޭޖަށް ވަޑައިގެން ފޯމު ފުރުއްވުމުން އެ ޝަކުވާއެއް މި އޮފީހަށް ހުށަހެޅުނީއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެޑްރެސްކޮށް ފޮނުއްވާ ސިޓީއަކުންވެސް ޝަކުވާއާއި ޚިޔާލު ހުށަހެޅުއްވޭނެއެވެ.

މިހާތަނަށް ލިބިފައިވާ ޝަކުވާތައް އަންގައިދޭ ތަފްޞީލު
2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން 2026 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް މި އޮފީހަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތަފްޞީލު
ޝަކުވާގެ ބާވަތް އިދާރާ އަދަދު
ތަޙްޤީޤު  އިދާރާއިން މައްސަލަ ބަލައިނުގަތުން ދިވެހި ފުލުހުންގެ ޚިދުމަތް 4
ތަޙްޤީޤު  އިދާރާއިން މައްސަލަ ބަލައިނުގަތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން 1
ފުރިހަމަ ތަޙްޤީޤެއް ފުރިހަމަކޮށްފައި ނުވުން - 4

ތަޙްޤީޤު ކުރެވެމުންދާ މައްސަލައަކާ ގުޅިގެން، އެ އިދާރާއެއްގެ ބެލުމުގެ ދަށަށް މުދާ ނެގުން

- 4
ތަޙްޤީޤު ދިގުލައިގެން ގޮސްފައިވުން - 8

 

ލިޔެކިޔުންތައް ބެލެހެއްޓުމުގައި ޢަމަލުކުރާ ގޮތް

މި އޮފީހަށް ހުށަހެޅޭ އެންމެހައި ލިޔުންތައް، އެއީ ކަރުދާސް ކަމަށްވިޔަސް، ޑިޖިޓަލް ލިޔުމެއްކަމަށްވިޔަސް، މި އޮފީހަށް ލިބުމާއެކު އެންޓްރީ ނަންބަރެއްދީ ކޭސް މެނޭޖްމަންޓް ސިސްޓަމް (މަފިނި) އަށް އަޕްލޯޑްކުރެވޭނެއެވެ.

އެއަށްފަހު، އެ ޑޮކިއުމަންޓެއް މި އޮފީހުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓެއް މެދުވެރިކޮށް ކަމާ ގުޅުންހުރި މުވައްޒަފަކަށް ފިޔަވަޅު އެޅުމަށްޓަކައި ހަވާލުކުރެވޭނެއެވެ. ކޯޓުން ފޮނުވާ އެންމަހައި ލިޔުންތަކާއި، ޤާނޫނީ އެންމެހައި ލިޔުންތަކާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ މި އޮފީހުގެ ޕްރޮސިކިއުޓަރުންނެވެ. ޕްރޮސިކިއުޓަރުން އަޅުއްވާ ފިޔަވަޅުތައް ސެކްޝަންތަކުގެ ހެޑުން އަލުން ބައްލަވައި، ގެންނަވަންޖެހޭ ބަދަލުތައް ގެންނަވާނެއެވެ. އެއަށްފަހު ޔުނިޓު ވިލަރެސްކުރައްވާ އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލެއް ނުވަތަ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލެއް އެ ފިޔަވަޅު އެޕްރޫވްކުރައްވާނެއެވެ.

މި އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމް ފަރުމާކޮށްފައިވާނީ، ސިއްރުކުރަންޖެހޭ ލިޔުންތަކުގެ ސިއްރުކަން ދެމެހެއްޓޭގޮތަށް، ކަނޑައެޅޭ ވަކި މުވައްޒަފުންތަކަކަށް އެ ލިޔުންތަކަށް އެކްސެސް ދެވޭ ގޮތަށެވެ.

އެ ލިޔުމަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅެއް އަޅައި ނިމުމުން، އެިއގެ ޑިޖިޓަލް ކޮޕީއެއް ހެދުމަށްފަހު، ލިޔުންތަކުގެ އަސްލު ކަނޑައެޅިފައިވަ އުޞޫލުން އާރކައިވް ކުރެވޭނެއެވެ. އަދި މައްސަލައަކާ ގުޅޭ ލިޔުމެއްނަމަ، އެ މައްސަލައެއްގެ އެންމެހައި މަރުޙަލާތައް ނިމުމުން، މުޅި މައްސަލައިގެ ޑިޖިޓަލް ކޮޕީއެއް ހެދުމަށްފަހު، ލިޔުންތަކުގެ އަސްލު ކަނޑައެޅިފައިވަ އުޞޫލުން އާރކައިވް ކުރެވޭނެއެވެ.

މި އޮފީހުން ބަލަހައްޓާ މަޢުލޫމާތު

ޖިނާއީ މައްސަލަތަކުގެ މަޢުލޫމާތު

މި އޮފީހަށް ހުށަހަޅާ ޝަކުވާތަކުގެ މަޢުލޫމާތު

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ރައްދުވާގޮތަށް ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހުށަހަޅުއްވާފައިވާ މައްސަލަތަކުގެ މަޢުލޫމާތު

ޕީޖީ އެކަޑެމީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ތަމްރީންތަކުގެ މަޢުލޫމާތު

ޕީޖީ އެކަޑެމީ ބައިވެރިވެފައިވާ ތަމްރީންތަކުގެ މަޢުލޫމާތު

މުވައްޒަފުންގެ މަޢުލުމާތު

އަހަރީ ބަޖެޓާ ބެހޭ މަޢުލޫމާތު 

މި އޮފީހަށް ލިބޭ ބިލުތަކާއި، އެ ބިލުތަކަށް ފައިސާ ދެއްކެމުންދާ ގޮތުގެ ރެކޯޑު

މާލީ ހިސާބުތައް

އިންވެންޓްރީ އާއި ސްޓޮކްގެ ރެކޯޑުގެ މަޢުލޫމާތު

އޮޑިޓް ރިޕޯޓުތައް

އަހަރީ ރިޕޯޓުތައް

މި އޮފީހަށް ހުށަހެޅޭ އަންދާސީ ހިސާބުތަކުގެ މަޢުލޫމާތު

މި އޮފީހަށް ލިބޭ އެންމެހާ ލިޔެކިޔުންތަކުގެ އެންޓްރީ ރެކޯޑްތައް

އެކި އިދާރާތަކުންނާއި އާންމު ފަރާތްތަކުން ފޮނުވާ ސިޓީބިޓީތަކާއި، އެއަށް ދެވޭ ޖަވާބު

މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތަކުގެ ރެކޯޑު

މި އޮފީހާއެކު ވެވޭ އެންމެހާ އެއްބަސްވުންތައް

ބިޑު ކޮމިޓީ ބައްދަލުވުންތަކުގެ މަޢުލޫމާތު

އިންޓަރނަލް މެމޯތައް

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކުގެ މަޢުލޫމާތު

އިންޓަރނަލް ގަވާއިދުތަކާއި، އުސޫލުތަކާއި، ސިޔާސަތުތައް

ބަޖެޓާއި ޚަރަދުގެ ތަފްޞީލު

2025

Parliament Approved MVR 70,268,835
Additional Budget Allocated  MVR 8,777,879.24
Deduction  MVR 6,651,805.81
Revised Budget MVR 72,484,908.43
Total Expenses MVR 72,197,643.00

2026 (As of 5.8.2026)

Parliament Approved MVR 72,147,672.00
Additional Budget Allocated  MVR 4,705,105.80
Deduction  -
Revised Budget MVR 76,852,777.80
Total Expenses MVR 45,400,813.23

 

މުުވައްޒަފުންނަށް ވަކިވަކިން ދެވޭ އުޖޫރައާއި ޢިނާޔަތް
މި އޮފީހުގެ މުވައްޒަފުންގެ މުސާރައާއި، ޢިނާޔަތްތައް