| |
ENG PHONE: 300 0655

މި އޮފީހަށް 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް، މިއޮފީހުގެ ފުވައްމުލަކު ގޮފި ހިންގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅާ ސާފުކުރުމާއި ގޮފިން ބަހަންޖެހޭ ސިޓީ ފަދަ ތަކެތި ބަހައިދިނުމާއި އެހެނިހެން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ކުރި ތާރީޚް: 08 ޖޫން 2026

މި އޮފީހަށް 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް، މިއޮފީހުގެ ފުވައްމުލަކު ގޮފި ހިންގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅާ ސާފުކުރުމާއި ގޮފިން ބަހަންޖެހޭ ސިޓީ ފަދަ ތަކެތި ބަހައިދިނުމާއި އެހެނިހެން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

·         ބީލަމުގައި ރެޖިސްޓަރީވުން: 15 ޖޫން 2026، 11:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް

ލިންކް: https://forms.office.com/r/BXdAn3Ph6u

ބީލަން ހުށަހެޅުމާއި ހުޅުވުން: 16 ޖޫން 2026، 10:00 އަށް

 

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިއޮފީހުގެ ފުވައްމުލަކު ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެވެ.

 

22 ޛުލްޙިއްޖާ 1447

ވަޒީފާ
1