މިއޮފީހަށް ބޭނުންވާ އެކްސްޕެންޝަން އަދި ސްޓޯރޭޖް އެކްސްޕެންޝަން ސަޕްލައިކޮށް، އިންސްޓޯލްކޮށް، ކޮންފިގަރކޮށް، އިންޓަރގްރޭޓެޑްކޮށްދޭނެ ފަރާތެއް ހޯދަން
އިޢުލާން ކުރި ތާރީޚް: 19 ޖުލައި 2026
މިއޮފީހަށް ބޭނުންވާ އެކްސްޕެންޝަން އަދި ސްޓޯރޭޖް އެކްސްޕެންޝަން ސަޕްލައިކޮށް، އިންސްޓޯލްކޮށް، ކޮންފިގަރކޮށް، އިންޓަރގްރޭޓެޑްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
· ބީލަމުގައި ރެޖިސްޓަރީވުން: 28 ޖުލައި 2026، 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް
ލިންކް: https://forms.office.com/r/N1cp2MEMET
· ބީލަން ހުށަހެޅުމާއި ހުޅުވުން: 29 ޖުލައި 2026، 11:00 އަށް
ވީމާ، މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 29 ޖުލައި 2026، 11:00 އަށް މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކޮށްފައިވާނެވެ.
05 ޟަފަރު 1448