މިއޮފީހުގައި ބޭނުންކުރަމުން ގެންދާ ވީއެމް ލައިސެންސް އައުކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން ކުރި ތާރީޚް: 21 ޖުލައި 2026
މިއޮފީހުގައި ބޭނުންކުރަމުން ގެންދާ ވީއެމް ލައިސެންސް އައުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު /2026/811/C-196(IUL) (19 ޖުލައި 2026) އިޢުލާނުގައިވާ މަޢުލޫމާތަށް ބަދަލުއައިސްފައިވާތީ، އެ އިޢުލާނު ބާޠިލްކުރުމަށްފަހު އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
· ބީލަމުގައި ރެޖިސްޓަރީވުން: 30 ޖުލައި 2026، 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް
ލިންކް: https://forms.office.com/r/vApiHkr3Ws
· ބީލަން ހުށަހެޅުމާއި ހުޅުވުން: 02 އޮގަސްޓް 2026، 10:00 އަށް
ވީމާ، މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 02 އޮގަސްޓް 2026، 10:00 އަށް މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކޮށްފައިވާނެވެ.
07 ޟަފަރު 1448