މިއޮފީހަށް ބޭނުންވާ ކޮމްޕިއުޓް އަދި ސްޓޯރޭޖް އެކްސްޕެންޝަން ސަޕްލައިކޮށް، އިންސްޓޯލްކޮށް، ކޮންފިގަރކޮށް، އިންޓަރގްރޭޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން ކުރި ތާރީޚް: 21 ޖުލައި 2026
މިއޮފީހަށް ބޭނުންވާ ކޮމްޕިއުޓް އަދި ސްޓޯރޭޖް އެކްސްޕެންޝަން ސަޕްލައިކޮށް، އިންސްޓޯލްކޮށް، ކޮންފިގަރކޮށް، އިންޓަރގްރޭޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު /2026/821/C-196(IUL) (19 ޖުލައި 2026) އިޢުލާނުގައިވާ މަޢުލޫމާތަށް ބަދަލުއައިސްފައިވާތީ، އެ އިޢުލާނު ބާޠިލްކުރުމަށްފަހު އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
· ބީލަމުގައި ރެޖިސްޓަރީވުން: 30 ޖުލައި 2026، 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް
ލިންކް: https://forms.office.com/r/N1cp2MEMET
· ބީލަން ހުށަހެޅުމާއި ހުޅުވުން: 02 އޮގަސްޓް 2026، 11:00 އަށް
ވީމާ، މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 02 އޮގަސްޓް 2026، 11:00 އަށް މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކޮށްފައިވާނެވެ.