މިއޮފީހަށް ބޭނުންވާ ކޮމްޕިއުޓް އަދި ސްޓޯރޭޖް އެކްސްޕެންޝަން ސަޕްލައިކޮށް، އިންސްޓޯލްކޮށް، ކޮންފިގަރކޮށް، އިންޓަރގްރޭޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން ކުރި ތާރީޚް: 03 އޮގަސްޓް 2026
މިއޮފީހަށް ބޭނުންވާ ކޮމްޕިއުޓް އަދި ސްޓޯރޭޖް އެކްސްޕެންޝަން ސަޕްލައިކޮށް، އިންސްޓޯލްކޮށް، ކޮންފިގަރކޮށް، އިންޓަރގްރޭޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
· ބީލަމުގައި ރެޖިސްޓަރީވުން: 12 އޮގަސްޓް 2026، 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް
ލިންކް: https://forms.cloud.microsoft/r/d2CGJfgnZy
· ބީލަން ހުށަހެޅުމާއި ހުޅުވުން: 13 އޮގަސްޓް 2026، 11:00 އަށް
ވީމާ، މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 13 އޮގަސްޓް 2026، 11:00 އަށް މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކޮށްފައިވާނެވެ.